English Edition
Dhivehi Edition
ފަޒުލް ރަޝީދު

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ހުންނަވައިގެން އިބްރާހީމް ފަޒުލް ރަޝީދާއި، އެ ކުންފުނީގެ އައިޓީ ހެޑް ޢަބްދުﷲ ޝުހޫދު، ކުންފުނީގެ ސާވާގައި ހުރި ލިޔުންތަކެއް ރިކަވަނުކުރެވޭ ގޮތަށް ޑިލީޓްކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ކުށް ސާބިތުވާ މިންވަރަށް ހެކި ނެތުމުން ދައުވާ ނުކުރަން ނިންމައިފިއެވެ.

މި މައްސަލާގައި ފަޒުލްއަށާއި ޝުހޫދުގެ މައްޗަށް ކުރި ތުހުމަތަކީ، ޖިނާއީ ތަހުގީގެއްގައި ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ ލިޔުންތަކެއް އެޗްޑީސީގެ ސަާވާގެ ތެރެއިން ޑިލީޓްކޮށްލާފައިވާތީ، އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތެވެ.

އެޗްޑީސީގެ އައިޓީ ޑިޕާޓްމަންޓުން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި، އެޗްޑީސީގެ ސާވާގެ ތެރެއިން އެއްވެސް ލިޔުމެއް ނުވަތަ ޑާޓާއެއް ޑިލީޓްކޮށްފައި ނުވަތަ ގެއްލިފައި ނުވާކަމަށް ބަޔާންކޮށްފައިވާއިރު ފުލުހުންގެ ތަހުގީގު ރިޕޯޓުގައި، ފަޒުލް އާއި ޝުހޫދު އެޗްޑީސީގެ ސާވާގެ ތެރެއިން އެއްވެސް ލިޔުމެއް ނައްތާލާފައިވާކަން ތަހުގީގަށް ހޯދިފައިނުވާކަމަށް ބަޔާންކޮށްފައިވެއެވެ.

އެހެންކަމުން އެ ދެމީހުންގެ މައްޗަށް ކުރެވުނު ތުހުމަތަށް ބާރުދޭ ހެއްކެއް ހޯދިފައި ނުވާކަމަށް ޕީޖީން ވަނީ ބުނެފައެވެ.