English Edition
Dhivehi Edition

ސްރީލަންކާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ދިވެހި މީޑިއާތަކުން ފެށި ހާއްސަ ޓެލެތޯނަށް މިހާތަނަށް 11.4 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ އެހީ ލިބިއްޖެއެވެ.

ބީއެމްއެލްއިން މި ޓެލެތޯންއަށް ޚާއްސަކޮށްފައިވާ ދިވެހި ރުފިޔާ އެކައުންޓަށް މިއަދުގެ މެންދުރު 14:22 ޖެހުމާއާ ހަމައަށް 11,415,915 ރުފިޔާ ވަނީ ލިބިފައެވެ. އޭގެތެރޭގައި ހިމެނެނީ 10،743،125 ރުފިޔާ އަދި 43،631 ޑޮލަރެވެ.

އާދިއްތަ ދުވަހު ހެނދުނު 9:00 ގައި ފެށި މި ޓެލެތޯން އެންމެ ފުރަތަމަ ނިންމާލަން ނިންމީ އާދިއްތަދުވަހުގެރޭ މެންދަމު 1:00ގައެވެ. އެހެންނަމަވެސް ޓެމިޓެލެތޯނުގައި ބައިވެރިވުމުގެ ފުރުސަތު ވީހާވެސް ގިނަ ބަޔަކަށް ދިނުމުގެ ގޮތުން ހޯމަދުވަހުގެ މެންދުރު 14:00 އާއި ހަމައަށް މި ޓެލެތޯން ވަނީ ކުރިއަށް ގެންގޮސްފައެވެ.

ތޫފާން ‘ދިތުވާ” ގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ކުރިއަށް ގެންދާ ޓެލެތޯންގައި 37 މީޑިއާ އަކުން ވަނީ ބައިވެރިވެފައެވެ.