English Edition
Dhivehi Edition
ފޮޓޯ: ރައްޔިތުންގެ މަޖިލީސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލި، އެކަމުގައި ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓަކަށް ދާން ނުޖެހޭ ގޮތަށް މަޖިލީހުގެ ކޮމެޓީން ފާސްކޮށްފިއެވެ.

ގޮނޑިގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލު ކުރަން، އަލުން އިސްލާހު ކުރަން ހުށަހެޅީ ޕީއެންސީގެ ފަރާތުން އެ ޕާޓީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުއެވެ.

ޝުޖާއު ހުށަހެޅުއްވި އިސްލާހުގައި ވަނީ އާންމު ވޯޓުގައި މެންބަރުކަމުން ވަކިކުރަން ވޯޓުލާ މީހުންގެ އަޣުލަބިއްޔަތު ނުލިބިއްޖެ ނަމަ، އެ މެންބަރަކު މަޖިލީހުގައި ދެމިހުންނަވާނެ ކަމަށެވެ.

އެ ބިލު ދިރާސާކުރަން މިދިޔަ ހަފްތާގެ ބުދަ ދުވަހު ކޮމިޓީއަށް ފޮނުވާފައިވާއިރު އިއްޔެ ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ރޯލް ކޯލް ވޯޓު ނަގަން ޖެހޭ ކަމަށް ބަޔާން ކުރާ މާއްދާ ބިލުން އުނިކުރަން ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ދީދީ (އައިބީ) އެވެ. ޕީއެންސީގެ 50 މެންބަރުންގެ ތާއީދު ލިބުނު ނަމަވެސް އެމްޑީޕީގެ 8 މެންބަރުން ވަނީ ދެކޮޅަށް ވޯޓު ދެއްވާފައެވެ.