English Edition
Dhivehi Edition
އަބްދުއް ރަހީމް

ކޮންމެ ޕާޓީއަކަށްވެސް ސިޔާސީ މަސައްކަތް ކުރުމުގެ މާހައުލު މިއަދު ރާއްޖޭގައި ގާއިމުވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ސަރުކާރަށް 2 އަހަރު ފުރުމާ ގުޅިގެން ޕީއެސްއެމް ނިއުސްގެ “ހަފްތާ 104” ޕްރޮގްރާމުގައި އަބްދުއްރަހީމް ވިދާޅުވީ މިހާތަނަށް ރާއްޖޭގައި އުފެދުނު ސަރުކާރުތަކާއި އަދުގެ ސަރުކާރު ވަރަށް ތަފާތު ކަމަށެވެ. ކުރީ ސަރުކާރުން ފަށާފައިވާ މަސައްކަތްތައް ހުއްޓާނުލައި ކުރިއަށް ގެންދިއުމުގެ އިތުރުން މިވީ ދެއަހަރުގެ ތެރޭގައި ސިޔާސީ ގޮތުން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައިނުވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގައި މިހާތަނަށް އެއްވެސް ސަރުކާރަކުން ސިޔާސީ ހަމަޖެހުން ގާއިމުނުކުރެވޭ ވަރަށް މި ދެ އަހަރު ތެރޭގައި ސިޔާސީ ހަމަޖެހުން ގާއިމުވެފައިވާ ކަމަށެވެ. ރާއްޖޭގެ ސިޔާސީ މަޝްރަހުގައި މިހާރު އެއްވެސް ކަހަލަ ކަންބޮޑުވުމެއް ނެތްކަން ފާހަގަކުރައްވަމުން އަބްދުއް ރަހީމް ވިދާޅުވީ ސިޔާސީ ކޮންމެ ޕާޓީއަކަށްވެސް އެ ޕާޓީއަކުން ކުރަން ބޭނުންވާ ސިޔާސީ މަސައްކަތް ކުރުމުގެ މާހައުލު މިއަދު ރާއްޖޭގައި ގާއިމުކުރެވިފައިވާ ކަމަށވެެ.

އިތުރަށް އެ މަނިކުފާނު ވިދާލުވީ އެބައެއްގެ ސަޕޯޓް އޮންނަ މިންވަރަކުން އެބަޔަކަށް ހަރަކާތް ހިންގޭނެކަމަށާއި އެއީ އެއްވެސް ވަރަކަށް ސަރުކާރުން ހުއްޓުވައިގެން، ސަރުކާރުން އެއަށް ނުފޫޒު ފޯރުވައިގެންވާ ކަމެއް ނޫންކަމަށެވެ.