English Edition
Dhivehi Edition

އަފްޣާނިސްތާނުގެ ޖަލާލްއާބާދުގައި ހުންނަ އެހީދޭ ޖަމާއަތެއް ކަމައްވާ ސޭވް ދަ ޗިލްޑްރެންގެ މީހުން އުޅޭ އިމާރާތެއްގެ ކައިރީގައި ކާރު ބޮމުގެ ހަމަލާއެއް ދީފިއެވެ.

މި ހަމަލާގައި މީހަކު މަރުވެފައިވާ ކަމަށް މިހާތަނަށް ކަށަވަރު ކުރެވިފައި ނުވެއެވެ. ނަމަވެސް ޕްރޮވިންޝަލް ހެލްތް ޑިޕާޓްމެންޓާ ހަވާލާދީ ރޮއިޓާސް ގައި ބުނެފައިވަނީ އެހަމަލާގައި ޒަޚަމްވެގެން 11 މީހަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އެ ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން މިހާތަނަށް އުފުލާފައި ނުވެއެވެ. ނަމަވެސް ހަމަލާ ދެވުނު ސަރަހައްދުގައި ސަރުކާރުގެ އެހެނިހެން އިމާރާތްތަކާއި އެހީދޭ އެހެނިހެން ޖަމާއަތްތަކުގެ މީހުންއުޅޭ އިމާރާތްތައްވެސް ހުއްޓެވެ. އެހެންކަމުން މިހަމަލާއަކީ ސީދާ ސޭވް ދަ ޗިލްޑްރެންއަށް ދީފައިވާ ޖަމަލާއެއްކަމަށްވަނީ ސުވާލު އުފެދިފައެވެ.
ޖަލާލްއާބާދަކީ ނަންގަހާރު ޕްރޮވިންސްގެ ވެރިރަށެވެ. މިއީ އަފްޣާނިސްތާނާއި ޕާކިސްތާނު ގުޅޭ ބޯޑަރު ސަރަހައްދުގައި އޮންނަ ރަށެވެ. އެ ރަށުގައި 2015 ވަނަ އަހަރުން ފެށިގެން އިސްލާމިކް ސްޓޭޓުގެ ބާރުވަނީ އިތުރު ވެފައިވެ.

ޖަލާލްއާބާދަށް މި ހަމަލާ ދެވިފައި މިވަނީ، ވެރިރަށް ކާބުލްގައި ހުންނަ އިންޓަ ކޮންޓިނެންޓަލް ހޮޓަލަށް މީގެ ދުވަސް ތަކެއް ކުރިން ހަމަލާދީ 20 މީހުން މަރާލާފައި ވަނި ކޮށެވެ.