English Edition
Dhivehi Edition
ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ފޮޓޯ: ރައީސް އޮފީސް

ސިއްހީ ދާއިރާ ތަރައްގީވަމުން އަންނައިރު އެދާއިރާއަށް ބޭނުންވާ ބޭހާއި އަދި އެނޫންވެސް ވަސީލަތް ހޯދުމަށް ހާއްސަ ކުންފުންޏެއް ގާއިމުވެގެންދިޔުމަކީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހާއްސަ ކުންފުންޏެއް އުފައްދަވާފައެވެ. ބޭހާއި ސިއްހީ ދާއިރާއަށް ބޭނުންވާ މެޑިކަލް ކޮންސިއުމަބަލްސް އެތެރެކުރުމަށް އުފައްދަވާފައިވާ ކުންފުންޏާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއިން ގެނެސްދޭ “ހަފްތާ 104” ޕްރޮގްރާމްގައި ނާޒިމް ވިދާޅުވީ އެއީ ސިއްހީ ދާއިރާ އިތުރަށް ތަރައްގީކުރުމަށް މުހިންމުކަމެއްކަމަށެވެ. އެގޮތުން އަތޮޅުތަކާއި މާލޭގެ ހޮސްޕިޓަލްތަކުގެ ފެންވަރު އަހަރުން އަހަރަށް މަތިވަމުން އަންނައިރު އެތަންތަނަށް ބޭނުންވާ ބޭހާއި ވަސީލަތްތައް އިތުރުވާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި އެކަމަށް ހާއްސަ ކުންފުންޏެއް އުފެއްދުމާއެކު މިހާރަށްވުރެ ސަމާލުކަމެއް ދެވިގެން ބޭހާއި ކޮންސިއުމަބްލްސް ގެނެވޭނެ މަގުފަހިވާނެކަމަށް ވިދާޅުވިއެވެ.

“މިސާލެއްގޮތުން ބައްލަވާ ފިއުލް ސަޕްލައި މޯލްޑިވްސްއަށް، އެބޭފުޅުން ރާއްޖެއަށް ތެޔޮ ގެނައުމަށް ދުނިޔޭގެ ބާޒާރުން އެންމެ އަގުހެޔޮކޮށް އަދި އެންމެ ރަނގަޅު ކޮލިޓީގެ ތެޔޮ އެތެރެކުރުމަށް އަބަދުވެސްދާނީ ބަލަމުން މާކެޓަށް. އެހެންކަމުން ރާއްޖެއަށް އަގުހެޔޮކޮށް ރަނގަޅު ތެޔޮ އެތެރެކުރެވޭހެން، ކުރިއަށް އޮތްތަނުގައި ބޭހާއި ކޮންސިއުމަބަލްސްއަށްވެސް ފޯކަސް ކުރެވިގެން އެތަކެތި އެތެރެކުރާނެ ކުންފުންޏެއް މިއައީ.” މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ސިއްހީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް މިއީ މުހިންމު ފިޔަވަޅެއްކަމަށެވެ. ކުންފުނި ކޮޅަށް ޖެހުމަށް ބޭނުންވާ އިދާރީ މަސައްކަތްތައް މިހާރު ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ.