English Edition
Dhivehi Edition

މާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައި ހުރި 205 އުޅަނދު ޓޯ ކޮށްފިއެވެ.

ފުލުހުން ބުނީ މާލެ މަގުތަކުގައި އާންމު ދަތުރުފަތުރަށާއި، ހިނގާބިނގާވެ އުޅުމަށް ދަތިވާ ގޮތަށް ޕާކްކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރުމަށާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި 205 އުޅަނދު ޓޯކޮށްފައިވާ ކަމަށެވެ. އެގޮތުން ޓޯ ކޮށްފައި ވަނީ 204 ސައިކަލާއި އެއް ކާރުކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރުމަށް ފުލުހުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ/