ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެއެވެ.
ފުލުހުން މީޑީއާއަށް ފޮނުވި މެސެޖެއްގައި ބުނީ ހުޅުމާލެ ފޭސް 2، ނިކަގަސްމަގުގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގުމާއި ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަކަމަށެވެ. މި އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވެފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ،
ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނީ އެކްސިޑެންޓުގައި އަނިޔާވި އެކަކު ނިޔާވެފައިވާ ކަމަށެވެ.
އިތުރަށް ފުލުހުން ބުނީ އެކްސިޑެންޓާއި ގުޅޭ އިތުރު މައުލޫމާތު ހިއްސާކުރާނެކަމަށެވެ.