އައްޑޫ ސިޓީ ފޭދޫގައި އަލަށް އިމާރާތް ކުރާ 500 މީހުންގެ ޖާގައިގެ މިސްކިތުގެ ބިންގާ އަޅުއްވައިފިއެވެ.
ރައީސުލްޖުމުޙޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއި ދަޢުލަތުގެ ބައެއް ވަޒީރުންނާއި އައްޑޫ މަޖިލިސް މެމްބަރުންވެސް ވަނީ ބައިވެރިވެލައްވާފައެވެ.
އައްޑޫ ސިޓީ ފޭދޫގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތް ނިމިގެންދާއިރު މިސްކިތުގައި ސޯލާ ހަރުކުރެވި، އޭސީ ކުރުމަށް ހަމަޖެހިފައިވާއިރު މިސްކިތުގައި ލައިބްރަރީއަކާއި ކުލާސްރޫމެއް ހިމެނޭނެއެވެ.
މިއީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ.