English Edition
Dhivehi Edition

އައްޑޫ ސިޓީ ލިންކު ރޯޑާއި އެސިޓީގެ ރަށްރަށުގެ މަގުތައް ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރޭގައި ހިމަނައިގެން މިމަސައްކަތް ފަށްޓަވައިދެއްވީ، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބެވެ.

މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީއާއެވެ.

އައްޑޫ ސިޓީގެ ހުރިހާ އަވަށެއްގެ އިތުރުން ހުޅުދޫ އާއި މީދޫ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް މި ސަރުކާރުން ފަށާފައިވާއިރުއައްޑޫގެ އެންމެ ގިނަ ބަޔަކު ބޭނުންކުރާ ލިންކު ރޯޑުގެ ހާލަތު ގޯސްވެ ގިނަ ބަޔަކު އަންނަނީ ޝަކުވާތައް ކުރަމުންނެވެ.