ބޭންކް އޮފް މޯލްޑިވްސްގެ ފައިސާހުރި ސޫޓްކޭހެއް ފޭރިގަނެގެން ފިލި މައްސަލައިގައި ހައްޔަރުކުރި އެންމެން ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ:
މި މައްސަލައާއި ގުޅިގެން މިދިޔަ މަހުގެ 27 ވަނަ ދުވަހު މި ހަތަރު މީހުން ހައްޔަރުކޮށްފައިވާއިރު އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 5 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި އެމީހުންގެ ބަންދަން ޖެހި 5 ދުވަހުގެ މުއްދަތު އިއްޔެ ހަމަވުމާއެކު، އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.
މިމަހުގެ 27 ވަނަ ދުވަހު ފަތިހުގެ ވަގުތެއްގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު، އެއާޕޯޓު ޓާމިނަލަށް ވަންނަން ދިޔަ ބީއެމްއެލްގެ 2 މުވައްޒަފެއްގެ އަތުން، ފައިސާ ހުރި ސޫޓް ކޭހެއް ފޭރުނު މައްސަލައިގެ ތަހުގީގު ކުރިއަށް ދިޔަ މިންވަރަކުން މީޑިއާއަށް ހާމަކުރެއްވުންހުރި މައުލޫމާތު ހާމަ ކުރަމުން ގެންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.