English Edition
Dhivehi Edition
ނެޝަނަލް ޓޯޗް ރަންގެ ތެރެއިން / ފޮޓޯ: ހެލްތް މިނިސްޓްރީ

ޖެނެރޭޝަނަލް ބޭން ތަންފީޒު ކުރުމަށް ހާއްސަކޮށް 24 ގަޑިއިރަށް ކުރިއަށް ގެންދާ “ނެޝަނަލް ޓޯޗް ރަން” މިއަދު ހަވީރު 4 ޖަހަންދެން ކުރިއަށް ދާނެއެވެ.

އިއްޔެ، މި ހަރަކާތް ފައްޓަވައި ދެއްވީ މާފަންނު އެކުވެނި ޓްރެކްގައި ހަވީރު 4 ޖެހި އިރު ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ. މިއަދު ހަވީރު 4 ޖެހުމާ ހަމައަށް ކުރިއަށް ދާ މި ހަރަކާތުގައި މިނިސްޓަރުންނާއި އެތްލީޓުންނާއި ކުޅިވަރު ކްލަބްތަކާއި އެސޯސިއޭޝަންތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ބައިވެރިވާނެއެވެ.

ހެލްތް މިނިސްޓްރީން އިސްނަގައިގެން ކުރިއަށް ގެންދާ މި ދުވުމަކީ “ދުޅަހެޔޮ ޖީލަކަށް އެންމެން އެކުގައި” މި ޝިއާރުގެ ދަށުން ކުރިއަށް ގެންދާ ހަރަކާތެކެވެ.

މި ހަރަކާތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރު ހަސަން މުހައްމަދު ވިދާޅުވީ، ޖެނެރޭޝަން ބޭންގެ އެންމެ މުހިންމު ބޭނުމަކީ ޖީލަކަށް ފަހު ޖީލެއް ދުންފަތުގެ ވަބާއިން ސަލާމަތް ކުރުން ކަމަށެވެ. އަދި ކުޑައިރުންސުރެ ދުޅަހެޔޮ ފުދުންތެރި ދިރިއުޅުމަކަށް ބާރު އެޅުން ކަމަށެވެ.