English Edition
Dhivehi Edition
ރައީސްނޫސްވެރިންނާ ވާހަކަދައްކަވަނީ: ނޫސްވެރިކަމާއި އިންޓަނެޓް ރެގިއުލޭޓް ކުރާ ބިލާ ސަރުކާރާ ގުޅުމެއް ނެތް ކަމަށް ތަރުޖަމާނު ހީނާ ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތަކުގެ ތެރެއިން ދައުލަތުގެ ބަޖެޓުން މާލީ އެހީތެރިކަން ދިނުމަށް ހަމަޖެހިފައިވާ މީޑިއާތައް އާންމުކޮށްފިއެވެ.

ޔޫތު މިނިސްޓްރީން މިއަދު އާންމުކުރި ލިސްޓަށް ބަލާއިރު މާލީ އެހީތެރިކަން ދިނުމަށް 18 މީޑިއާއެއްގެ ޝަރުތު ހަމަވެފައިވާއިރު ޖުމުލަ 28 މިލިއަން ރުފިޔާ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިނިސްޓްރީން އާންމު ކުރި ލިސްޓުގައިވާ ގޮތުން ޔޫތު މިނިސްޓަރު މުހައްމަދު ވަހީދު (އަސްވާޑް) ހިންގަވާ ސަންގު ޓީވީއަށް 3.8 މިލިއަން ރުފިޔާ ލިބޭއިރު ސަންގު އޮންލައިނަށް ވަކިން 1.3 މިލިއަން ރުފިޔާ ލިބެއެވެ.

  • ވީޓީވީއަށް 3 މިލިއަން ރުފިޔާ
  • އެސްއެސް ޓީވީއަށް 2.9 މިލިއަން ރުފިޔާ
  • ސަން އޮންލައިނަށް 1.3 މިލިއަން ރުފިޔާ
  • ވަން އޮންލައިނަށް 1.37 މިލިއަން ރުފިޔާ
  • ވޮއިސް އެމްވީއަށް 1.36 މިލިއަން ރުފިޔާ
  • ދަ ޕްރެސްއަށް 1.34 މިލިއަން ރުފިޔާ
  • ދައުރު ނޫހަށް 1.3 މިލިއަން ރުފިޔާ
  • މިހާރު ނޫހަށް 1.29 މިލިއަން ރުފިޔާ
  • މިހާރުގެ އިނގިރޭސި އެޑިޝަންއަށް 1.17 މިލިއަން ރުފިޔާ
  • ތިލަދުންއަށް 1.2 މިލިއަން ރުފިޔާ
  • ވީނިއުސް އެމްވީއަށް 1.1 މިލިއަން ރުފިޔާ
  • އަދަދު ނޫހަށް 1.17 މިލިއަން ރުފިޔާ
  • ތީރު މީޑިއާއަށް 1.14 މިލިއަން ރުފިޔާ
  • ދިޔަރެސްއަށް 1.1 މިލިއަން ރުފިޔާ
  • ގާފު އޮންލައިނަށް 1 މިލިއަން ރުފިޔާ
  • މާލްދީފް އޮންލައިނަށް 899،197.77 ރުފިޔާ