މިމަހުގެ 27 ވަނަ ދުވަހު ފަތިހު އެއާޕޯޓުން، ބޭންކް އޮފް މޯލްޑިވްސްގެ ސޫޓްކޭހެއް ފޭރިގަތް މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފިއެވެެ.
ޓާމިނަލަށް ވަންނަން ދިޔަ އެބޭންކުގެ ދެ މުވައްޒަފެއްގެ އަތުން، ފައިސާ ހުރި ސޫޓް ކޭސްއެެއް ފޭރިގަތް މައްސަލައިގައި ހައްޔަރުކޮށްފައިވަނީ:-
ފުލުހުން ބުނީ އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލައިގެ ތަހުގީގު ކުރިއަށް ދިޔަ މިންވަރަކުން މީޑިއާއަށް ހާމަކުރެއްވުންހުރި މައުލޫމާތު ހާމަ ކުރަމުން ގެންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.