English Edition
Dhivehi Edition

އާމިރް ޙާން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ އޭނަގެ ފޮޓޯ ފެނުމުން ގިނަ ބަޔަކަށް ހައިރާންކަން ލިބިއްޖެއެވެ.އާމިރުވަނީ ތަގްސް އޮފް ހިންދޯސްތާނު ކުޅުމަށްޓަކައި އޭނާގެ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މި ގޮތުން ފާއިތުވެ ދިޔަ 06 މަސް ދުވަހު އާމިރު ވަނީ ބަރުދަން ލުއިކުރުމަށްޓަކައި ގިނަ މަސައްކަތެއްކޮށްފައެވެ. މިހާރު ތަގްސް އޮފް ހިންދުސްތާންގެ މަސައްކަތް ކުރިއަށްދާއިރު،ފިލްމުގެ ކުރޫ މެމްބަރު މަލްޓާ އާއި އެކު އާމިރު ނަގާފައިވާ ފޮޓޯ އޭނާ ފެންނަމުންދަނީ ވަރަށް ބޮޑަށް ހިކިކޮށް ހުއްޓައެވެ.އާމިރުވަނީ މި ފިލްމު ކުޅުމަށްޓަކައި އޭނާގެ އަސްލު ބަރުދަނުގެ ދެބައިކުޅެ އެއްބައި ލުއިކޮށްފައެވެ. އާމިރުގެ ހަށިގަނޑަށް ގެނެސްފައިވާ ބަދަލުތަކާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ހައިރާންކަން ފާޅުކުރަމުންދާއިރު، ބައެއް މީހުންވަނީ ބަރުދާން ލުއިކުރި ގޮތާއި މެދު ސުވާލުކޮށްފައެވެ. އާމިރުވަނީ 2016 ވަނަ އަހަރު ނިކުތް ފިލްމު ޑަންގަލް ކުޅުމަށްޓަކައި އޭނާގެ ބަރުދަން 90 ކިލޯއަށް އިތުރުކޮށްފައެވެ. ބަރުދަން އިތުރުވުމުގެ ސަބަބުން އޭރު އާމިރުއަށްވަނީ ސިއްޙި ގިނަ މައްސަލަތާކައިވެސް ކުރިމަތިވެފައެވެ. އާމިރުގެ ބަރުދަނުގައި މިހާރު 70 ކިލޯ ހުރިއިރު، އޭނާވަނީ ޕީކޭ އާއި ދޫމް 03 ކުޅުނު އިރަށްވުރެ ބަރުދަން ލުއިކޮށްފައެވެ.