އިންޑިއާގެ ޒުވާން ފިރިހެނަކު ސޯޝަލް މީޑިއާ ޕްލެޓްފޯމަކުން ދިމާވި އިންޑޮނޭޝިއާ އަންހެން ކުއްޖަކާ ބައްދަލު ކުރަން 5000ކިލޯ މީޓަރ ރާސްތާއެއް ހުރަސްކޮށް އިންޑޮނޭޝިއާ އަށް ގޮސްފިއެވެ.
އެ ޒުވާނާގެ ދައުރުވަމުން ދާ ވީޑިއޯގައި ފެންނަނީ އަންހެން ކުއްޖާ ހުރި ހިސާބަށް ދެވުމުން އަންހެން ކުއްޖާ އޭނާ އަށް މަރުހަބާ ކިޔާތަނެވެ. އަދި އެއަށްފަހު ފިރިހެން މީހާ އަނގޮޓި އެއް ދިއްކޮށް ލުމަށް ފަހު ‘ ވިލް ޔޫ މެރީ މީ؟’ މިހެން ބުނެ ކައިވެނންޏަށް އެދެއެވެ. އަދި އެވަގުތު އަންހެން ކުއްޖާ ހިނިތުންވެފައި އިނދެ ‘ނޯ’ މިހެން ބުނެ ދެކޮޅު ހަދައެވެ.
މިހާރު ސޯޝަލް މީޑިއާގައި ދައުރުވާ އެވީޑިއޯ އަށް ވަރަށް ގިނަމީހުން ދަނީ ކޮމެންޓް ކޮށް މިކަމާ އެމީހަކު ދެކޭގޮތުގެ ހިޔާލު ފާޅުކުރަމުންނެވެ.
އެއްބަޔަކު ބުނެފައިވަނީ ލޯބިން މީހަކު ވާހަކަ ދައްކާލާއިރަށް އެމީހަކުގެ ނިޔަތް ނޭނގި ގޮސް ކައިވެންޏަށް އެދުމުން މިކަހަލަ ލަދެއްގައި ބެދިދާނެ ކަން ދަންނަން ޖެހެއެވެ.
އެ ޒުވާނާ އެހާ ދުރަށް ދަތުރުކޮށްފައި ގޮސް އެހާ ހިތްވަރާ އެކީ ކައިވެންޏަށް އެދުމުން އެކަމަށް ހިތްވަރުދީ އެއްބަޔަކުވަނީ ތައުރީފް ކޮށްފައެވެ.
އަނެއްބަޔަކު ބުނަނީ އެއަންހެން ކުއްޖާ ދިރިއުޅޭގައުމުގެ އެއަވަށު މީހުންނަކީ ކައިވެނި ކުރާމީހާ އަކީ ވަކި ގައުމެއްގެ ވަކިމީހަކު ކަމުގައި ވުމުގެ ޝަރުތު ކޮންމެހެން ގަބޫލު ކުރާބައެއް ވެސްނޫން ކަމަށެވެ. އެހެން ކަމުން އެ އަންހެން ކުއްޖާ ގެ އެ އަމަލު ކުއްވެރިކޮށް އެއްބަޔަކު ވާހަކަ ދައްކައި އެ ފިރިހެން މީއާ އަށް ހިތްވަރު ދެމުން ގެންދެއެވެ.
ދާދި ފަހުންވެސް ލަންޑަނަށް ނިސްބަތްވާ ސޯޝަލްމީޑިއާ އިންފުލުއެންސާ އަކު ވަނީ އޭނާ ވާހަކަދައްކަމުން އައި އިންޑިއާ ފިރިހެން ކުއްޖާ އާ ބައްދަލު ކުރުމަށް އިންޑިއާ އަށް ދަތުރު ކޮށް ފިރިހެން ކުއްޖާ އާއި ކައިވެނި ކުރަންބޭނުން ކަމަށް ބުނެ ޕްރޮޕޯސް ކޮށްފައެވެ. އެ އަންހެން މީހާ ބުނާގޮތުން އެހާ ރީތި ފިރިހެނެއް ދުވަހަކުވެސް އޭނާ ނުދެކެއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ވާހަކަދައްކަމުން ގޮސް އެކުވެރިކަން ލޯތަބަށް ބަދަލުވެ ކައިވެނިކޮށް ދިރިއުޅުން ފަށާފައިވާ މީހުން މިހާރަކަށް އައިސް ވަރަށް ގިނައެވެ.