English Edition
Dhivehi Edition

މުލިމަތި ޖަމްއިއްޔާއިން އިންތިޒާމް ކޮށްގެން ބާއްވާ “ބެސްޓް ފުޓްސަލް ޓޯނަމެންޓް”ގެ ޓީމް ލިސްޓް ހުށަހެޅުމުގެ އެންމެ ފަހުތާރީޚަކީ އަންނަ ފެބުރުއަރީމަހު އެއްވަނަދުވަސް ކަމަށް އެޖަމްއިއްޔާއިން ބުނެފިއެވެ.

މުލިމަތި ޖަމްއިއްޔާގެ ރައީސް އަބްދުﷲ ވަސީމް “އޭއޯ ނިއުސް” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެދުވަހު ޓީމްލިސްޓް ހުށަނުހަޅާ އެއްވެސް ޓީމަކަށް އިތުރު ފުރުސަތެއް ނުދެވޭނެ ކަމަށެވެ.
ޖުމްލަ 10 ޓީމު ބައިވެރިކުރާ މި މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމު 10 ޓީމަކުންވަނީ ނަގައިފައެވެ. މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ ހުޅުމީދޫ ޕޮލިސް ސްޓޭޝަން ކައިރީގައި އޮންނަ ވެލި ދަނޑުގައެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ބެސްޓް ސެލެކްޝަންއެވެ. މިއީ މުލިމަތި ޖަމްއިއްޔާއާއި ބެސްޓް ސެލެކްޝަން ގުޅިގެން ކޮންމެ އަހަރަކު ސ. ހުޅުމީދޫގައި ބާއްވާ މުބާރާތެކެވެ. މިއަހަރުގެ ފުޓްސަލް މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ފެބުރުއަރީ 16 ވަނަދުވަހުއެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށްވަނީ ޓްރޮފީއާއި، 25000 ރުފިޔާގެ އިނާމެއް ހުށަހަޅައިފައެވެ. ރަނަރއަޕް ޓީމަށްވަނީ 12000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅައިފައެވެ.
މުބާރާތުގެ މެއިން ސްޕޮންސަރަކީ ބެސްޓް ސެލެކްޝަނެވެ. މީޑިއާ ޕާޓްނަރަކީ އޭއޯ ނިއުސްއެވެ. މުލިމަތި ޔުނައިޓެޑާއި، ބެސްޓް ސެލެކްޝަން ގުޅިގެން ވަނީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު 11 ވަނަދުވަހުވެސް ފުޓުސަލް މުބާރާތެއް ބާއްވައިފައެވެ.