English Edition
Dhivehi Edition
އައްޑޫސިޓީގެ ހިތަދޫ ބަނދަރު ސަރަޙައްދުގައި ހަދާފައި ހުރި މިސްކިތެއް:ފޮޓޯ / އިބްރާހިމް ޢަބްދުﷲ

އައްޑޫ ސިޓީގައި ވާލު މަދުކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް ނިންމައިފިއެވެ.

އައްޑޫސިޓީ ކައުންސިލުން ބުނީ ސެޕްޓެމްބަރު 14 ވާ އާދިއްތަ ދުވަހުން ފެށިގެން އޮކްޓޯބަރު 05 ވާ އާދިއްތަ ދުވަހާއި ހަމަ އަށް ވާލު މަދު ކުރުމުގެ ޕްރޮގްރާމެއް އެމް.އެން.ޑީ.އެފް އާއި ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ކަމަސެވެ. މި ޕްރޮގްރަމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެކި އަވަށްތަކަށް ބަހާލައިގެން ހެނދުނު ނުވަތަ ހަވީރުގެ ވަގުތުތަކުގައިކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދާ ވަގުތުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ކައުންސިލުން ވަނީ އަންގާފައެވެ.