އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބުގެ އިންސާފުވެރިކަން ގެއްލޭގޮތަށް އިންތިހާބާ ބެހޭ ކޮމިޓީއިން އަމަލުކުރަމުންދާ ކަމަށް ވިދާޅުވެ، އެ އިންހާބުގައި ވާދަކުރައްވާ ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަހުމަދު ނަސީމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މީކާއީލް މިއަދު ސޯޝަލް މީޑިއާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންތިހާބާ ބެހޭ ކޮމިޓީގެ އަމަލުތައް ހުރި ގޮތުން އިންތިހާބުގެ އިންސާފުވެރިކަން ގެއްލޭތީ، އެކަމާ ގުޅޭ ރަސްމީ ކަންބޮޑުވުންތައް އެމްޑީޕީގެ ސެކްރެޓޭރިއަޓްއާ މިހާރު ހިއް
މީކާއީލްގެ ޕޯސްޓާއެކު އޭނާ ވަނީ އެމްޑީޕީގެ ސެކްރެޓޭރިއަޓަށް ފޮނުއްވި ރަސްމީ ސިޓީގެ ކޮޕީއެއްވެސް އާންމުކުރައްވާފައެވެ.
އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބުގެ ފޯރި ގަދަވެފައިވާއިރު، ކެންޑިޑޭޓުންނަށް ތާއިދުކުރާ އާންމު މެންބަރުންގެ މެދުގައި ވަނީ ހިޔާލު ތަފާތުވުންތައް އުފެދިފައެވެ.