ރ. ދުވާފަރުގައި ގުރޫޕަކުން އަންހެނަކު ރޭޕްކޮށްލި މައްސަލައިގައި ފަސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ
މައުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ ބުރާސްފަތު ދުވަހުގެރޭ 25 އަހަރުގެ އަންހެނަކު ރޭޕްކޮށްފައިވާއިރު އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ އެރޭގެ ފަތިހުގެ ވަގުތެއްގައެވެ. މި މައްސަލައާއި ގުޅިގެން ފަސް މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދީފައިވާއިރު މިހާދިސާއާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަންހެނަކު ރޭޕް ކޮށްގެން ހައްޔަރުކުރި ފަސް މީހުންގެ ތެރޭގައި 18 އަހަރުން ދަށުގެ ކުއްޖަކު ވެސް ހިމެނެއެވެ
މިދިޔަ ހަފްތާގައި މާލޭގައި ވެސް އަންހެނަކު ރޭޕް ކުރުމުގެ ހާދިސާއެއް ފެންމަތިވެފައިވާއިރު ލ.ކަލައިދޫގައި ކުޑަކުއްޖަކު ރޭޕް ކުރުމަށްފަހު ބްލެއިކް މެއިލް ކުރި މައްސަލައެއްވެސް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ