ގެވެށި އަނިޔާގެ މައްސަލައެއްގެ ތުހުމަތުގައި މެލޭޝިއާއިން ދިވެއްސަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 28 އަހަރުގެ ޢަބްދުލް ބާތީން މުޙައްމަދު މުސްތަފާއެވެ. މެލޭޝިއާގެ ފުލުހުން ތަހުޤީޤުކުރަމުންގެންދާ ގެވެށި އަނިޔާގެ މައްސަލައެއްގައި ބާތީން ހައްޔަރުކޮށްފައިވާކަމުގެ މަޢުލޫމާތު ދިވެހި ފުލުހުންގެ ޚިދުމަތަށްވެސް ލިބިފައިވާކަން ފުލުހުން ވަނީ ބުނެފައެވެ.
އެކަމަކު އޭނާއާ ގުޅިގެން މެލޭޝިއާގެ ފުލުހުން ތަހުގީގު ކުރަނީ ސީދާ ކޮން މައްސަލައެއް ކަމެއް ސާފެއް ނޫނެވެ.
ބާތީންގެ މައްޗަށް ތުހުމަތުކުރެވޭ ގެވެށި އަނިޔާގެ މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުންވެސް އަންނަނީ ތަހުޤީޤުކުރަމުންނެވެ.