English Edition
Dhivehi Edition

ރިސޯޓެއްގައި މަރުވެފައި އޮއްވައި ފެނުނު ޒުވާނާގެ އޮޓޮޕްސީ ހަދަން ފުލުހުން ނިންމައިފިއެވެ.

ފުލުހުން ބުނީ ބ.އަތޮޅުގައި ހިންގަމުން އަންނަ ރިސޯޓެއްގައި 21 އަހަރުގެ ޒުވާނަކު މައްސަލައެއް ރިޕޯޓުކުރީ މި މަހުގެ 23 ގައި ކަމަށެވެ. ފުލުހުން ބުނީ އެ މައްސަލައިގައި އިތުރަށް ބަލަން ޖެހޭ ކަންކަން ބަލައި، ޒުވާނާ މަރުވި ސަބަބު ދެނެގަތުމަށްޓަކައި އޮޓޯޕްސީ ހެދުމަށް ނިންމާފައިވާ ކަމަށެވެ.

ފުލުހުން މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނައިރު އެއީ ކޮން ރިސޯޓެއް ކަމާއި މަރުވި މީހާގެ ވަނަވަރު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ޓެގު