English Edition
Dhivehi Edition

ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ޓްރެއިނިންގ އޮތޯރިޓީން، ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ 1000 ކޭޝިއަރުން ތަމްރީނުކުރުމަށް ހިންގާ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ

ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރި މީހަކަށްވެސް، ރަށުގައި ހުރެގެން ކިޔެވޭނެ އިންތިޒާމް ހަމަޖެހިފައިވާ މިކޯހުގައި ބައިވެރިން އަތުން އެއްވެސް ފީއެއް ނުނަގާނެކަމަށް ޓިވެޓް އޮތޯރިޓީން ވަނީ ބުނެފައެވެ. ކޭޝިއަރުން ތަމްރީންކުރުމުގެ ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ނެޝަނަލް ސެޓްފިކެޓް 3 އިން ކޭޝިއަރ އަދި ނެޝަނަލް ސެޓްފިކެޓް 4 އިން ކޭޝިއަރ ހިމެނޭނެކަމަށް އެ އޮތީރިޓީން ވަނީ ބުނެފައެވެ. ގްރޭޑް 7 ނިންމާފައިވާ ދަރިވަރުންނަށް ސެޓްފިކެޓް ލެވެލް 3 ގެ ކޯސްތަކުގައި ބައިވެރިވެވޭނެ ކަމަށާއި ސެޓްފިކެޓް ލެވެލް 4 ގެ ކޯސްތަކުގައި ބައިވެރިވެވޭނީ ޖީސީއީ އޯލެވެލް 3 ފާސް ހޯދާފައިވުން ނުވަތަ އެފެންވަރުގެ ސެޓްފިކެޓެއް އޮތުން ނުވަތަ ނެޝަނަލް ސެޓްފިކެޓް 3 އިން ކޭޝިއަރ ކޯސް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ކަމަށް ޓިވެޓް އޮތޯރިޓީން ވަނީ ހާމަކޮށްފައެވެ

މި ޓްރެއިނިންގ ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ޓިވެޓް އޮތޯރިޓީގެ އޮންލައިން އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް 25 ޖެނުއަރީ2018 ގެ ކުރިން އެޕްލިކޭޝަން ފޮނުވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި ތަމްރީން ޕްރޮގްރާމްގެ ތިއަރީ ބައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ