English Edition
Dhivehi Edition

ރާއްޖޭގައި ކާނާގެ ޔަގީންކަން އިތުރުކުރުމަށް ޓަކައި، ހިންގާ “ފުޑްސެކިއުރިޓީ ޕްރޮގްރާމް”ގެ ދަށުން “ށ” އަތޮޅުގެ 4 ރަށަކަށް ގަސް ފޮނުވައިފި ކަމަށް ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެ ވުޒާރާއިން ވިދާޅުވީ ރަށްރަށުގައި ކާނާގެ ޔަގީންކަން އިތުރުކުރުމަށް ކައުންސިލްތަކުން ގަސް ފޯރުކޮށްދިނުމަށް މިވުޒާރާގައި އެދެމުން ދާ ކަމަށެވެ. އެގޮތުން ހަނިމާދޫގައި ހުންނަ އެ ވުޒާރާގެ ސެންޓަރުން، އެ ރަށްތަކަށް ބޭނުންވާ މިންވަރަށް ގަސްތައް ފޯރުކޮށްދެމުން އަންނަ ކަމަށާއި މި މަހުގެ ތެރޭގައި ށ. އަތޮޅުގެ 4 ރަށަކަށް ޖުމްލަ 1159 ގަސް ފޯރުކޮށްދީފައިވާ ކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

“ފުޑްސެކިއުރިޓީ ޕްރޮގްރާމް”ގެ ދަށުން ގަސް، ފޮނުވައިފައިވާ ށ. އަތޮޅުގެ 4 ރަށާއި ތަފްސީލް:

ށ. ފުނަދޫ:

ބަނބުކެޔޮ – (ގޭބީސީ ތަކަށް 8، އޮފީސްތަކަށް 57) ޖުމްލަ 65

ޖަނބުރޯލް – (ގޭބީސީ ތަކަށް 9، އޮފީސްތަކަށް 107) ޖުމްލަ 116

މުރަނގަ – (ގޭބީސީ ތަކަށް 5، އޮފީސްތަކަށް 106) ޖުމްލަ 111

އަލަ – (ގޭބީސީ ތަކަށް 32) ޖުމްލަ 32

ޅައިމަގު

ބަނބުކެޔޮ – (ގޭބީސީ ތަކަށް 59، ) ޖުމްލަ 59

ޖަނބުރޯލް – (ގޭބީސީ ތަކަށް 52) ޖުމްލަ 52

މުރަނގަ – (ގޭބީސީ ތަކަށް 51) ޖުމްލަ 51

އަލަ – (ގޭބީސީ ތަކަށް 216) ޖުމްލަ 216

ނަރުދޫ

ބަނބުކެޔޮ – (ގޭބީސީ ތަކަށް 7، އޮފީސްތަކަށް 53) ޖުމްލަ 60

ޖަނބުރޯލް – (ގޭބީސީ ތަކަށް 12، އޮފީސްތަކަށް 59) ޖުމްލަ 71

މުރަނގަ – (ގޭބީސީ ތަކަށް 11، އޮފީސްތަކަށް 56) ޖުމްލަ 67

އަލަ – (ގޭބީސީ ތަކަށް 56) ޖުމްލަ 56

ބަލަތްފަހި

ބަނބުކެޔޮ – (ގޭބީސީ ތަކަށް 29، ) ޖުމްލަ 29

ޖަނބުރޯލް – (ގޭބީސީ ތަކަށް 29) ޖުމްލަ 29

މުރަނގަ – (ގޭބީސީ ތަކަށް 29) ޖުމްލަ 29

އަލަ – (ގޭބީސީ ތަކަށް 116) ޖުމްލަ 116

ފުޑްސެކިއުރިޓީ ޕްރޮގްރާމްގެ ދަށުން، ރާއްޖޭގެ އެކި ރަށްތަކަށް ގަސްތައް ފޯރުކޮށްދެމުން އަންނައިރު، މި އަހަރުގެ ޖޫން މަހު ވަނީ ހަނިމާދޫ ކައުންސިލަށްވެސް 50 ބަނބުކެޔޮގަސް ހަދިޔާކޮށްފައެވެ.