ކުރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދު ޔުގްނައުތަށްސިޓީ ނުފޮނުއްވި ނަމަ، ގެއްލުނު ކަނޑުގެ މައްސަލައިގައި ސާފުކޮށް ރާއްޖެއަށް ކުރިއަށް ދެވެން އޮތް ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވިލުފުށި ދާއިރާގެ މެންބަރު ހަސަން ވަހީދު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ހަލީލް ވިދާޅުވީ ކުރީ ސަރުކާރުން ދޫކުރި ސިއްރު ސިޓީގެ ސަބަބުން ރާއްޖޭގެ ކަނޑުން 45،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް ގެއްލުނު ކަމަށާއި އެކަމުގެ ސަބަބުން ދެކުނުގެ މަސްވެރިކަމަށް ބުރޫ އަރާފައިވާ ކަމަށެވެ.
“ހަގީގަތަކީ އެ ސިޓީ ބޭރުނުވި ނަމަ، މިދިޔަ ސަރުކާރުން ދޫނުކުރިނަމަ އެ ކަނޑުގެ މައްސަލަ އާއި ފޯޅަވަހީގެ މައްސަލައަކީ ވަރަށް ސާފުކޮށް ދިވެހިންނަށް ކުރިއަށް ދެވެން މައްސަލައެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފާހަގަކުރެވޭ މައްސަލައެއް،” ހަލީލު ވިދާޅުވިއެވެ.
ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމަށް މިހާރު ކުރިއަށް ދަނީ ބޭރުގެ އެކި ގާނޫނީ ވަކީލުންނާ އެކީ މައްސަލަ އިތުރަށް މުރާޖައާކުރުމުގެ މަސައްކަތް ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
ފޯޅަވަހީގެ ރަށްތަކުގެ މައްސަލާގައި މޮރިޝަޝްއަށް ބޮޑުވަޒީރަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ފޮނުވި ސިޓީ ރަސްމީކޮށް އާއްމުކުރީ މި ސަރުކާރުންނެވެ.