އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑްސްގެ މި އަހަރުގެ އެމްޕްލޯޔާ އޮފް ދަ އިޔާގެ ބްރޯންޒް ސްޓީވީ އެވޯޑް އުރީދޫ މޯލްޑިވްސް އަށް ލިބިއްޖެއެވެ.
އުރީދޫ މޯލްޑިވްސްއިން ބުނީ މި އެވޯޑަކީ އެ ކުންފުނީގެ މުވައްޒަފުންގެ އަގު ވަޒަންކޮށް، އެއްބާރުލުން ދީ، މުވައްޒަފުންގެ ފުރިހަމަ ގާބިލުކަމާ ހަމައަށް ވާސިލްވުމަށް ހިތްވަރު ލިބޭ، ކުރިއަރަމުން އަންނަ އޮގަނައިޒޭޝަނަލް ސަގާފަތެއް ކުރިއެރުވުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތުގެ އަހައްމިއްޔަތުކަން ހާމަކޮށްދޭ އެވޯޑެއް ކަމަށެވެ.
އުރީދޫ މޯލްޑިވްސްއަކީ އުނގެނުމާއި ތަރައްގީގެ ފުޅާ ދާއިރާއެއްގައި ޕްރޮގްރާމްތައް ހިންގުމާއި ޑައިވާސިޓީ، އިކުއިޓީ އަދި އިންކްލޫޝަން ޕްރޮމޯޓްކުރުން ފަދަ ތަފާތު މަސައްކަތްތަކުގައި އިންވެސްޓްކުރުމަށް ހާއްސަ ކުންފުންޏެކެވެ.
އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑަކީ މި ސަރަހައްދުގެ ލީޑިން ބިޒްނަސް އެވޯޑްސް ޕްރޮގްރާމުގެ ގޮތުގައި ވަރަށް ބޮޑަށް ބަލައިގަނެ، އެކި ސިނާއަތްތަކުގައި އިނޮވޭޝަނާއި އެކްސެލެންސްގެ އަގު ވަޒަން ކުރާ އެވޯޑެކެވެ.