މިއަދު ޖަލްސާގައި ރިޔާސަތުން ވަނީ ރައީސް މަޖިލީހަށް ފޮނުއްވި ސިޓީ އިއްވަވާފައެވެ.
އެ ސިޓީގައި ރައީސް ވިދާޅުވީ އުއްތަމަ ފަނޑިޔާރުގެ މަގާމަށް ޣަނީ އައްޔަން ކުރައްވަން ޖޭއެސްސީން އެ މަނިކުފާނަށް ލަފާ އަރުވާފައިވާ ކަމަށެވެ. އެހެންކަމުން ޣަނީ އެ މަގާމަށް އައްޔަން ކުރުމަށް މެންބަރުންނަށް ފެންނަގޮތެއް ކަނޑައެޅުއްވުމަށް ސިޓީ ފުޅުގައި ވިދާޅުވެފައިވެއެވެ.
ޣަނީ އަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާ ކުރަން ޖުޑިޝަރީ ކޮމިޓީ އަށް ފޮނުވާއިރު. ޢުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވީ އެންމެ ފަހުން އެ މަގާމުގައި ހުންނެވި އަހުމަދު މުއުތަސިމް އަދުނާން މިދިޔަ މަހު އެ މަގާމުން ރިޓަޔާ ކުރެއްވުމާއި ގުޅިގެނެވެ.
،