English Edition
Dhivehi Edition
މައުރޫފް ޖަމީލް

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މައުރޫފް ޖަމީލް އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު އެޗްޑީސީގެ އެމްޑީކަމަށް އައްޔަންކުރެއްވި މައުރޫފު ވަނީ މަގާމުން ވަކިވެވަޑައިގަންނަވާ ކަން މި މަހުގެ ކުރީ ކޮޅު ހާމަކުރައްވާފައެވެ. އަދި އެޗްޑީސީން ވަކިވެވަޑައިގަތުމަށްފަހު ސަރުކާރުގެ އެޑްވައިޒަރީ ފެންވަރުގެ މަގާމަކާ ހަވާލުވެވަޑައިގަތުމަށް ނިންމާފައިވާކަމަށް އޭރު މައުރޫފު ވަނީ ވިދާޅުވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން މިއަދު މައުރޫފް މަގާމުން އިސްތިއުފާ ދެއްވީ ރިޓަޔާ ކުރައްވަން އެދިވަޑައިގަތް ނަމަވެސް އިސްތިއުފާ ދެއްވަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން އޭނާއަށް އެންގުމާއި ގުޅިގެންނެވެ.

ކުރިން ކޮންސްޓްރަކްޝަން މިނިސްޓަރުގެ މަގާމުވެސް ފުރުއްވާފައިވާ މައުރޫފް ވަނީ ހުޅުމާލެ އެންމެ ފުރަތަމަ ހިއްކި ދުވަސްވަރުން ފެށިިގެން ވަރަށް ގިނަ ދުވަސް ވަންދެން އެތަން ތަރައްގީ ކުރުމުގައި އިސްކޮށް ހަރަކާތެރިވެ ވަޑައިގެންފައެވެ.