English Edition
Dhivehi Edition

ކަޒަކިސްތާނުގެ ހުޅަނގު އުތުރުގައި ބަހެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއެއްގައި އުޒްބެކިސްތާނަށް ނިސްބަތްވާ 52 މީހުން މަރުވެއްޖެއެވެ.

މި ހަދިސާ ހިނގާފައިވަނީ އެގައުމުގެ ބިދޭސީން ރަޝިއާއަށް މަސައްކަތް ކުރުމަށް ދަތުރު ކުރާ މަގެއްގައިއި ކަމަށް ކަޒަކިސްތާނުގެ އިންޓިރިއާ މިނިސްޓްރީން މައުލޫމަތު ދެއެވެ.

މި ބަހުގެ މިސްރާބު ހުރީ ކޮންދިމާލަަކަށް ކަމެއް އަދި މިހާތަނަށް އެނގިފައި ނުވެއެވެ. ނަަމަވެސް މި މަގަކީ ރަޝިއާގައި މަސައްކަތް ކުރާ އުޒްބެކިސްތާނުގެ މަސައްކަތު މީހުން އެނބުރި ގައުމަށް ދިއުމަށް ދަތުރު ކުރާ މަގެކެވެ.

އިންޓީރިއާ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ މި ހަދިސާގައި ސަލާމަތްވެފައި ވަނީ އެންމެ ފަސް މީހުން ކަމަށެވެ. ނަމަވެސް މި ބަޔާނުގައި ހަދިސާ ހިނގަން މެދުވެރިވި ސަބަބެއް ހާމަ ކޮއްފައި ނުވެއެވެ.

އުޒްބެކިސްތާނުގެ ޙާރިޖީ ވުޒާރާއިން ވަނީ އެމީހުންގެ ސްޓާފުން އެ ސަރަހައްދަށް މިހާރު ދަތުރު ކުރަމުންދާ ކަމަށެވެ.

މި ދިޔަ އަހަރު އޮކްޓޯބަރު މަހު އުޒްބެކިސްތާނު މަސައްކަތު މީހުން ދަތުރު ކުރަމުން ދިޔަ ބަހެއް ރަޝިއާގެ ރޭލު ދަގަނޑު މަތީ ތާށިވެ ވަނީ އެކްސިޑެންޓް ވެފައެވެ. މި ހާދިސާގައި 17 މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ.