English Edition
Dhivehi Edition
މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު (ޓޮމް)

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ކަމަށް ގައުމީ ޓީމުގެ ކުރީގެ ފޯވާޑު އަހުމަދު ތޯރިގު (ޓޮމް) އިންތިހާބުކޮށްފިއެވެ.

މި އިންތިހާބުގައި އެ މަގާމަށް ތޯރިގް އެކަނި ކުރިމަތިލެއްވިއިރު އެފްއޭއެމްގެ މެމްބަރު ހުރިހާ ކްލަބެއްގެ ތާއީދާ އެއްގޮތަށް ތޯރިގަށް ވަނީ އެފްއޭއެމްގެ ރައީސްކަން ލިބިވަޑައިގެންފައެވެ. މިއީ ތޯރިގަށް އެފްއޭއެމްގެ ރައީސްކަން ލިބިވަޑައިގެންނެވި ދެވަނަ ފަހަރެވެ. އެގޮތުން 2016 ވަނަ އަހަރު ތޯރިގު ވަނީ އެފްއޭއެމްގެ ރައީސްކަން ކުރައްވާފައެވެ.

އެފްއޭއެމްގެ ރައީސްކަން ކުރެއްވި ތޯރިގު އަތުން މި މަގާމު ގެއްލިފައިވަނީ 2016 ވަނަ އަހަރު ތޯރިގާ އެކު، އިންތިހާބުވި އެގްޒެކްޓިވް ކޮމިޓީ (އެކްސްކޯ)ގެ ފަސް މެމްބަރުން އިސްތިއުފާ ދިނުމުންނެވެ. އަދި އެ މަގާމަށް ދެ ވަނަ ފަހަރަށް ތޯރިގް ވާދަކުރެއްވި ނަމަވެސް އެ އިންތިހާބު ކާމިޔާބުކުރެއްވީ ބައްސާމް އަދީލް ޖަލީލެވެ.

އެފްއޭއެމްގެ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ފެންމަތިވެ، އެފްއޭއެމް ރައީސަކަށް ހުންނެވި ބައްސާމް އަދީލް ޖަލީލުގެ މައްޗަށް ވަނީ ފީފާ އިން ފޮނުވި ފައިސާތަކަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ދެ ދައުވާއެއް އުފުލާފައެވެ. ބައްސާމްގެ މައްޗަށް ފުރަތަމަ ދެ ދައުވާކުރީ ފީފާއިން ފޮނުވި ފައިސާގެ ތެރެއިން 10،000 ޑޮލަރު އޭނާގެ އަމިއްލަ އެކައުންޓަށް ފޮނުވައި، އަމިއްލަ ކަންކަމަށް ބޭނުންކޮށްފައި ވާތީއެވެ.