English Edition
Dhivehi Edition
ފޭދޫގައި މިނިވަން ދުވަސް ފާހަގަކުރަމުން ވަމުންދާ ތައްޔާރީތައް ފޮޓޯ: ޒާހިރާ

އައްޑޫސިޓި ފޭދޫގައި މިނިވަންދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމަށް “މިނިވަން ހަ ދަހަރަ” ނަމުގައި މިނިވަންދުވަހު ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

މިނިވަން ދުވަސް ފާހަގަކުރުމަށް ފޭދޫގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ރަށް ޒީނަތްތެރިކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. ފޭދޫގައި ބާއްވާ ހަރަކާތްތައް 25 ޖުލައި 2025 ން 27 ޖުލައި 2025 އަށް ބޭއްވުމަށް ނިންމާފައިވާއިރު އައްޑޫ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައިވަނީ ހަރަކާތްތައް ކުރިއަށް ގެންދާ ސަރަހައްދުތައް އިއުލާންކޮށް މަގު ބަންދުކުރުމަށް ނިންމާފައިވާ ގަޑިތައް ހާމަކޮށްފައެވެ.

  • 26 ޖުލައި 2025 ގައި ފޭދޫ އޯކިޑުމަގު (ޔޫރޯސްޓޯރުން ފެށިގެން ލަޠިފީހިނގުން ސީމީއާއި ހަމައަށް) ބަންދުކޮށް އެ މަގަކީ އެދުވަހުގެ 15:00 އިން ފެށިގެން 18:30 އާއި ހަމަޔަށް ހިނގައި އުޅޭ މަގެއްގެ ގޮތުގައި ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ. އެހެންކަމުން 26 ޖުލައި 2025 ވަނަ ދުވަހުގެ 15:00 އިން ފެށިގެން މި މަގުގައި އެއްވެސް ފަރާތަކުން ޕާކު ނުކުރުމަށް ކައުންސިލުން ވަނީ އެދިފައެވެ.
  • މިނިވަންދުވަހުގެ ހަރަކާތްތައް ހިންގުމަށްޓަކައި 27 ޖުލައި 2025 ގައި ފޭދޫ ލިންކް ރޯޑު (ޗަނބޭލީ ހިނގުން އޯކަމްވިލާ ކަންމަތިން ފެށިގެން ސިޓީ ފިއުލް އާއި ހަމަޔަށް) ބަންދުކޮށް މި ސަރަހައްދަކީ އެދުވަހުގެ 19:30 އިން ފެށިގެން 00:00 އާއި ހަމަޔަށް ހިނގައި އުޅޭ ސަރަހައްދެއްގެ ގޮތުގައި ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ. އެހެންކަމުން 27 ޖުލައި 2025 ވަނަ ދުވަހުގެ 19:00 އިން ފެށިގެން މި ސަރަޙައްދުގައި އެއްވެސް ފަރާތަކުން ޕާކު ނުކުރެއްވުމަށް ކައުންސިލުން ވަނީ އެދިފައެވެ.

ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމާފައިވާއިރު މި ދުވަސް ފާހަގަކުރުމުގެ ތައްޔާރީތައްވެސް އަންނަނީ ވަމުންނެވެ.