English Edition
Dhivehi Edition

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި، އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް (ތިންވަނަ)އާ ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން ބަދަހިކުރުމުގެ މަޝްވަރާތައް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ އިނގިރޭސި ޝާހީ ގަނޑުވަރު ވިންޑްސަރ ކާސުލްގައި ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

ރައީސް އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނަ އާއި ބައްދަލުކުރައްވަވައި ދެއްކެވި ވާހަކަފުޅުގައި ދެބޭފުޅުން ވަނީ ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދުގައިވާ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މި ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

ދެބޭފުޅުންގެ މި ބައްދަލުވުން ކުރިއަށްދިޔައީ ޤައުމުތަކުގެ އެންމެ އިސްވެރިންނާއި އެކު ޚާއްޞަ ބައްދަލުވުން ބާއްވަވާ ޕްރައިވެޓް އޯޑިއެންސް ރޫމްގައެވެ.
ރައީސުލްޖުމުހޫރިއްޔާ، އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނަ އާއި އެކު ޕްރައިވެޓް އޯޑިއެންސް އެއް މި ބޭއްވެވީ ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ޚާރިޖީ ގުޅުން ޤާއިމްވިތާ 60 އަހަރު ފުރޭ މުނާސަބަތާވެސް ދިމާކޮށެވެ.