English Edition
Dhivehi Edition

އުރީދޫ ނޭޝަންއިން އިންތިޒާމުކޮށްގެން ބޭއްވި ފުރަތަމަ އިންޓާ ކޮލެޖް އީސްޕޯޓްސް ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

އުރީދޫއިން ވިދާޅުވީ، އީއޭއެފްސީ، ޕަބްޖީ މޮބައިލް އަދި މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް ހިމެނޭ އެ މުބާރާތުގައި 11 ޓީމަކާއި 15 އިންޑިވިޖުއަލް ކުޅުންތެރިން ބައިވެރިވެ މޮޅު ހުނަރެއް ދައްކާފައިވާ ކަމަށެވެ.

މި މުބާރާތުގައި އިންޑިވިޖުއަލް ބައިގައި ބައިވެރިވި 15 ކުޅުންތެރިންގެ ތެރެއިން ޗެމްޕިއަންކަން ހޯދީ ވިލާ ކޮލެޖްގެ ޔޫސުފެވެ. އޭނާއަށް 5،000 ރުފިޔާގެ ފައިސާގެ އިނާމު ލިބުނެވެ. ފުރަތަމަ ރަނަރަޕް އަށް ހޮވުނު ޔުނިވަރސިޓީ އޮފް އެޑިންބަރާގެ ޒަކްވާނަށް 3،000 ރުފިޔާ ލިބުނެވެ. އަދި ދެވަނަ ރަނަރަޕްގެ މަޤާމު ހޯދި ވިލާ ކޮލެޖްގެ ދާއިނަށް 2،000 ރުފިޔާގެ އިނާމު ލިބުނެވެ.

6 ޓީމު ވާދަކުރި ޕަބްޖީ މޮބައިލް މުބާރާތުގައި އެމްއެންޔޫބީއެސް ވަނީ ޗެމްޕިއަންކަން ހޯދައި 5،000 ރުފިޔާގެ އިނާމު ހޯދާފައެވެ. ފުރަތަމަ ރަނަރަޕްގެ މަޤާމު ހޯދި ވިލާ ކޮލެޖަށް 3،000 ރުފިޔާ ލިބުނެވެ. އަދި ދެވަނަ ރަނަރަޕްގެ މަޤާމު ހޯދި އެމްއެންޔޫބީއެސް – އޯޖީއެސް އަށް 2،000 ރުފިޔާގެ އިނާމު ލިބުނެވެ.

އުރީދޫ ނޭޝަން އިން ބުނާ ގޮތުގައި މައިގަނޑު މަގްސަދަކީ ރާއްޖޭގެ އީސްޕޯޓްސް ކޮމިއުނިޓީ ބާރުވެރިކުރުވައި ފުޅާވަމުންދާ އެ ދާއިރާގައި ފުރުސަތުތަކެއް ފަހިކޮށްދިނުމެވެ.

އޭގެ އިތުރުން ދަރިވަރުންނަށް އެކުދިންގެ ފޭވަރިޓް ގޭމްތައް ކުޅުމުގެ ތެރޭގައި ހިތްވަރުދީ، ވާދަކުރެވޭނެ ހާއްސަ ޕްލެޓްފޯމެއް ގާއިމުކޮށް، އުރީދޫ ނެޝަނުން ޓީމްވޯކާއި ދުޅަހެޔޮ ވާދަވެރިކަމާއި ހުނަރު އިތުރުކުރުމަށް މަގުފަހިކޮށްދިނުމާއި ބައިވެރިންގެ އިން ގޭމް ސްޓްރެޓެޖީތައް ރަނގަޅުކޮށް، ދެމެހެއްޓެނިވި އެކުވެރިކަމާއި ގުޅުންތައް ބަދަހިކޮށް، އީސްޕޯޓްސްގެ ދުނިޔެއާ އެއް ފެންވަރުގައި ރާއްޖޭގައި ވެސް ކުރިއެރުވޭނެ ދާއިރާއެއްކަން ކަށަވަރުކުރުމެވެ.

ޓެގު