މާލޭގެ ގެސްޓްހައުސްއެއްގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުން ބުނީ މައްޗަންގޯޅީގައި ހުންނަ ގެސްޓްހައުސްއެއްގައި މީހަކު ނިޔާވެފައި އޮއްވައި ފެނިފައިވާ މައްސަލައެއް ޖުލައި މަހުގެ 2 ވަނަ ދުވަހުގެރޭ 2:15 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ނިޔާވެފައި އޮއްވާ ފެނިފައި ވަނީ ނ.ވެލިދޫ ފެހިވިލާގެ އުމުރުން 32 އަހަރުގެ އިބްރާހީމް ޝިފާދު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނައިރު ފަހަކަށް އައިސް ކުއްލި މަރުތައް ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ.