English Edition
Dhivehi Edition

ޓީމޫފަދަ ވެބްސައިޓުތަކުން ފީއެއް ނަގަނީ ދިވެހި ރުފިޔާގެ ޑެބިޓް ކާޑުތަކުން އޮންލައިންކޮށް ވިޔަފާރިކުރާ އިރު ކަމަށް ބީއެމްއެލް އިން މިއަދު ބުނެފިއެވެ.

ބީއެމްއެލްގ އިން ބުނީ ބިއެމްއެލްގެ ކްރެޑިޓް ކާޑުތަކުން ކުރާ ވިޔަފާރިތަކުން އެ ފީ ނުނަގާނެ ކަމަށެވެ. އެގޮތުން ދިވެހި ރުފިޔާގެ ކްރެޑިޓް ކާޑާއި ޑޮލަރުގެ ކްރެޑިޓް ކާޑުން އެ ފީއާ ނުލައި ވިޔަފާރިކުރެވޭނެ ކަމަށް ބޭންކުން ބުނެއެވެ.

ޖުލައި 1 ވަނަ ދުވަހުން ފެށިގެން 30 ޕަސެންޓްގެ ފީ ނަގާނެކަން ބީއެމްއެލް އިން އިއްޔެ އިއުލާނުކޮށްފައިވަނީ ހަ ވެބްސައިޓަކުންނެވެ. އެއީ ދިވެހިން އެންމެ އާންމުކޮށް އޮންލައިން ވިޔަފާރިކުރުމަށް ބޭނުންކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލީ އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އެވެ.

އެ ހަ ވެބްސައިޓުން ފީ ނަގަނީ ހަމައެކަނި ރުފިޔާ ކާޑުން ކުރާ ޑޮލަރުގެ މުއާމަލާތްތަކަށެވެ. ކްރެޑިޓް ކާޑު ނުވަތަ ޑޮލަރު ކާޑުން ކުރާ މުއާމަލާތްތަކަކުން ފީއެއް ނުނަގާނެއެވެ. އަދި އެ ހަ ވެބްސައިޓް ފިޔަވާ ދެން ދިވެހީން ވިޔަފާރީގެ މުއާމަލާތްތައް ކުރާ ގާތްގަނޑަކަށް 155,000 ވެބްސައިޓުން ވެސް އިތުރު ފީއަކާ ނުލައި ބޭންކުގެ ރުފިޔާ ކާޑުން ޑޮލަރުގެ މުއާމަލާތްތައް ކުރެވޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

މީގެކުރިން އެފަދަ ސައިޓުތަކުން ފީއެއް ނުގެނި ނަމަވެސް، ފިޔަވަޅުތަކެއް އަޅަން ނިންމީ ޑެބިޓު ކާޑުތަކުގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުމަށްޓަކައި ކަމަށް އެބޭންކުން ވަނީ ބުނެފައެވެ. އަދި އެ 6 ވެބްސައިޓަކަށް ކޮންޓްރޯލެއް ލާން ޖެހުނީ މިދިޔަ އަހަރާ އަޅާ ބަލާއިރު ހޭދަ ކުރާ މިންވަރު އިތުރުވެފައިވާތީ ކަމަށް ވެސް ބޭންކުން ބުނެއެވެ

ޓީމޫފަދަ ވެބްސައިޓުތަކުން ފީއެއް ނަގަނީ އީކޮމާސް ވެބްސައިޓްތަކުން ކުރާ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ގޮތެއް ހަދަން ކަމަށް, ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މިއަދު ބުނެފިއެވެ.

އީކޮމާސް ބައެއް ވެބްސައިޓްތަކުން ކުރާ ވިޔަފާރިއަށް ބީއެމްއެލް އިން ފީއެއް ނަގަން ނިންމި ނަމަވެސް އެއާލައިން ޓިކެޓާއި ހޮޓެލް ބުކިން އާއި ސަބްސްކްރިޕްޝަން ފަދަ އާންމު ބޭނުންތަކަށް ފައިސާގެ މުއާމަލާތްކުރާ ސައިޓްތަކުން ފީއެއް ނުނަގާނެ އެވެ. އަދި ޑޮލަރު އެކައުންޓަށް ދޫކޮށްފައިވާ ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތަކުގެ ވިޔަފާރިއަށް ވެސް ފީއެއް ނުނަގާނެ އެވެ.

އަމިއްލަ ބޭނުމަށާއި ވިޔަފާރީގެ ބޭނުމަށް އޮންލައިންކޮށް އެ ވެބްސައިޓްތަކުން މުދާ ގަތުމަކީ ގިނަ ދިވެހީން ކުރާ ކަމަކަށްވާއިރު މި ފީ ހިމެނުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.