English Edition
Dhivehi Edition

“އެންމެ ގާތުން” ކެމްޕެއިންގައި އަތޮޅު ތެރޭގެ ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހދ އަތޮޅުގެ ރަށްތަކަށް މިއަދު ވަޑައިގަންނަވާނެ ކަމަށް ޕީޕީއެމުން ހާމަކޮށްފިއެވެ..

ތިން ދުވަހުގެ މުއްދަތަށް ކުރައްވާ މިދަތުރުފުޅުގައި އެއަތޮޅުގެ 4 ރަށަކަށް މެޑަމް ފާތުން ވަޑައިގަންނަވާނެއެވެ. އެއީ ކުޅުދުއްފުށި، ނޮޅިވަރަމް، ނޮޅިވަރަމްފަރު އަދި ހަނިމާދޫއެވެ.

މިރަށްތަކަށް ވަޑައިގެން އެރަށުގައި ދިރިއުޅޭ ރައްޔިތުންނާ އެކަމަނާ ބައްދަލުކުރައްވާނެއެވެ. އޭގެ ތެރޭގައި ރަށުގެ އިސްރަށްވެހިންނާ، ކަނބަލުންގެ އިތުރުން ޒުވާނުންގެ ޖަމިއްޔާތަކާ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއެކު މަޝްވަރާތަކެއް ކުރިއަށް ގެންދާނެއެވެ.

ނިމިދިޔަ ހަފްތާގެ ތެރޭގައި މެޑަމް ފާތުން ވަނީ އަރިއަތޮޅު އުތުރުބުރީގެ 8 ރަށަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއެކު ކާމިޔާބު ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފައެވެ.

އެރަށްތަކުން ބޮޑު ތަރުޙީބެއް ލިބިފައިވާއިރު، ރައްޔިތުންގެ ފަރާތުން ލިބުނު މަޢުލޫމާތުގެ އަލީގައި ރަށުގެ ޙާލަތު ރަނގަޅުކުރުމަށް މަސައްކަތްކޮށްދެއްވާނެކަމަށް މެޑަމް ފާތުން ވަނީ ވިދާޅުވެފައެވެ.