އައްޑޫސިޓީގެ މީދޫގައި ހަދާފައި އޮންނަ މަތިކިޅި އިކޯގާޑަން ހިމެނޭ މަތިކިޅި ސަރަހައްދުގައި ރޭ ފަތިހުގެ ވަގުތެއްގައި އަނެއްކާވެސް އަލިފާން ރޯކޮށްލައިފިއެވެ.
މަތިކިޅި އިކޯގާޑަން ބައި މަތިކިޅި ސޮސައިޓީގެ ރަސްމީ ފޭސްބުކް އެކައުންޓުގައި ބުނެފައިވަނީ މި ފަހަރު އެތަނުގައި ރޯކުރީ އިކޯ ގާޑަނުގެ އެންޓުރީ ވޯލްކުވޭގެ ދެކުނު ފަރާތު ކައިރީގައި ކަމަށެވެ.
އެމްއެންޑީއެފް ފަޔަރ ޓީމުން މިހާރު ވަނީ ހުޅުގަނޑު ނިއްވާލާފައެވެ.

“މި އީ ސީދާ އީކޯ ގާޑަނަށް ގެއްލުން ދިނުމަށް ޖެހި ހުޅެއް ކަމަށް ތުހުމަތުކުރެވޭ. މިފަދަ ކަންކަން ކުރާ މީހުން ހޯދައި ތަހުގީގުކޮށް އެމީހުންނަށް ފިޔަވަޅު އެޅުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލަން.” އެ ސޮސައިޓީން ބުނެފައިވެއެވެ.
ތަފާތު ގިނަ ފަހަރުމަތިން އަލިފާން ރޯވުމުގެ ހާދިސާ ހިނގާ މަތިކިޅީގެ ހޭޅިފަށުގައި ބަޔަކު ޖަމާކޮށްފައި ހުރި ކުނިތަކެއްގައި އަލިފާން ރޯކުރުމުގެ ސަބަބުން މަތިކީޅީގެ ބޮޑު ސަރަހައްދެއް އަނދައިހުލިވީ، މި ދިޔަ މާރިޗް މަހުގެ 19 ވަނަ ދުވަހުގައެވެ.
އެ ހާދިސާ އަށް އެއް މަސްވީ ދުވަހު ، 19 އެޕްރީލް 2025 މ، ގައި ނަގާފައިވާ ފޮޓޯއަކުން ފެންނަނީ އެއް މަސްފުރުނު އިރު ކާފަރޮބުރު އެއް ފޫޓް އުސްމިނަށް ހެދިފައިވާތަނެވެ.
ފޮޓޯ އާއެކު ހިއްސާކުރި މައުލޫމާތުގައި މަތިކިޅި ސޮސައިޓީން ބުނެފައިވަނީ ޖުމްލަ ގޮތެއްގައި ފެންނަ ފެހިކަމުގެ ނިސްބަތް ގާތްގަޑަކަށް ތިރީސް ޕަސެންޓަށް އަރާނެކަމަށް ލަފާކުރެވެ ކަމަށާއި މި ނިސްބަތުން ހެދެމުންދާ ނަމަ 4 މަސް ފުރޭއިރު ގްރާސްދަނޑު އެއްކޮށް ރިކަވަރވާނެކަމަށް ލަފާކުރެވެ ކަމަށެވެ.
ނަމަވެސް ހާދިސާއަށް މާ ގިނަ ދުވަހެއް ނުވެ އަނެއްކާވެސް މަތިކިޅީގައި ރޯކޮށްލާފައިވަނީ އަންނަ ފިތުރު އީދަށް ރަށުގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ރާވަމުން އަންނަ ދުވަސްވަރެއްގައެވެ.