އެމް-ފައިސާ އާއި މަނީގްރާމް ގުޅިގެން ދުނިޔޭގެ ކޮންމެ ގައުމަކަށްވެސް އިތުރު ފީ އަކާ ނުލާ ފައިސާ ފޮނުވޭ ހާއްސަ އޮފާއެއް ތައާރަފްކޮށްފިއެވެ.
އުރީދޫއިން ބުނީ ކަސްޓަމަރުންނަށް މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މި އޮފާ ގެ ދަށުން އިތުރު ޗާޖަކާ ނުލައި 200 އަށް ވުރެ ގިނަ ގައުމަށް ފައިސާ ފޮނުވޭނެ ކަމަށެވެ. ބޭރުގައުމުތަކުގައި ތިބި އާއިލާ އާއި ރައްޓެހިންނަށް އެހީ ފޯރުކޮށްދިނުމަށް ވިޔަށް ނުވަތަ ބިސްނަސް ޕާރޓްނަރުންނަށް ފުވަން ޖެހޭ ފައިސާ ކަމުގައި ވިޔަސް އިތުބާރާއި އެކު ކޮންމެ ތާކު ކޮންމެ ވަގުތެއްގައިވެސް ފަސޭހަކަމާއެކު އެމް-ފައިސާ މެދުވެރިކޮށް ފައިސާ ފޮނުވޭނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ޖުލައި މަހުގެ ނިޔަލަށް ކުރިއަށް ދާ މި ޕްރޮމޯޝަންގެ ސަބަބުން އެމް-ފައިސާ ބޭނުންކުރައްވާ ފަރާތްތަކަށް ރާއްޖެއިން ބޭރުގައި ތިބޭ ފަރާތްތަކަށް ހަދަންޖެހޭ ޕޭމަންޓްތައް ހެދުން ފަސޭހަވެ އަގުހެޔޮ ވެގެންދާނެކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.
އެމް-ފައިސާ މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވާނީ ކިހިނެއް؟
ކޭޝް-އިން: އެންމެ ކައިރީގައި ހުންނަ އެމް-ފައިސާ އެޖެންޓަށް ޒިޔާރަތްކޮށް ޑޮލަރުން ފައިސާ ޖަމާކުރާށެވެ.
ޓްރާންސްފާ: އުރީދޫ އެޕް މެދުވެރިކޮށް އެމް-ފައިސާ ގެ ހިދުމަތް ހިޔާރުކުރައްވާށެވެ. އަދި “SEND MONEY” ހިޔާރުކުރައްވާ ފައިސާ ގެ އަދަދު ޖެއްސެވުމަށްފަހު ޕޭއައުޓް މެތަޑް ހިޔާރުކުރާށެވެ.
ޓްރެކް ކުރުން: އެޕް މެދުވެރިކޮށް ޓްރާންސެކްޝަން ސްޓޭޓަސް ފަސޭހައިން މޮނިޓާ ކުރުވޭނެއެވެ.
ދުވާލަކު ޓްރާންސްފާ ކުރެވޭ އަދަދު:
ގޯލްޑް ވޮލެޓް: ދުވާލަކު 10،000 ޑޮލަރާ ހަމައަށް (ގިނަވެގެން 5 ޓްރާންސެކްޝަން)
ސިލްވާ ވޮލެޓް: ދުވާލަކު 3،000 ޑޮލަރާ ހަމައަށް (ގިނަވެގެން 10 ޓްރާންސެކްޝަން)
އެމް-ފައިސާ ގެ އިންޓަނޭޝަނަލް މަނީ ޓްރާންސްފާ ހިދުމަތަކީ ބައިނަލްއަގުވާމީ ފެންވަރުގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފައިސާ ފޮނުވުމުގެ ހިދުމަތް ދޭ މަނީގްރާމް އާއި ގުޅިގެން ދެވޭ ހިދުމަތެކެވެ. މި ޕާޓްނަރޝިޕާއެކު ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުށް، ދުނިޔޭގެ އެކި ހިސާބުތަކަށް ފަސޭހަ ކަމާއެކު ފައިސާ ފޮނުވުމުގެ މަގު މިވަނީ ފަހިވެފައެވެ. އަދި މިއަދު މި ތައާރަފް ކުރެވުނު އޮފަރ އާއި ރާއްޖެއިން ބޭރަށް އަގުހެޔޮކޮށް ފަސޭހަކަމާއެކު ފައިސާ ފޮނުވޭނެއެވެ.