English Edition
Dhivehi Edition
ފޮޓޯ: ފުލުހުން

ސްކޭމް މައްސަލައެއްގެ ތަހުގީގަށް ދެ މީހަކު ހާޒިރުކުރުމަށް، އެމީހުންގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.

މި މައްސަލަ އާއި ގުޅިގެން ފުލުހުން ހޯދަމުން ދަނީ ގއ.ގެމަނަފުށި، ރަންކޮކާގެ ނަދީފް މުހައްމަދު(36އ)، ޅ. ނައިފަރު، ހަލަވެލި، މަހްމޫދު އަބްދުﷲ(30އ)އެވެ.

ފުލުހުން ބުނީ ދިވެހި ފުލުހުންގެ ހިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ ސްކޭމް މައްސަލައެއްގެ ތަހުގީގަށް ދެ މީހަކު ހާޒިރުކުރަން ބޭނުންވާކަމަށެވެ އެހެން ނަމަވެސް އެ ދެމީހުން އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް ފުލުހުން ވަނީ އަންގާފައެވެ.

ފުލުހުންވަނީ ނަދީފް މުހައްމަދޔ ސާޖަންޓް އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން، އޭޕްރީލް 28 ވަނަ ދުވަހުގެ 11:00 އަށް ހާޒިރުވުމަށް އަންގާފައެވެ. އަދި މަހްމޫދު އަބްދުﷲ އެ ދުވަހުގެ 12:00 އަށް ސާޖަންޓް އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން އަށް ހާޒިރުވުމަށް ވަނީ އަންގާފައެވެ.

 

 

ޓެގު