English Edition
Dhivehi Edition
ރައީސް މުއިއްޒު ރައްޔިތުންގެ މަޖިލިހަށް މިއަދު ރިޔާސީ ބަޔާން އިއްވަވަނީ.---ފޮޓޯ: މަޖިލިހުގެ އިދާރާ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލައި ޕްރިފެރެންޝަލް ވޯޓިން ނިޒާމަކުން ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރުމަކީ ވަކާލަތު ކުރައްވާ ގޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިއްޔެ އުފެއްދެވި ވަޓްސްއެޕް ޗެނަލަށް ކުރެއްވި ފުރަތަމަ މެސެޖުގައި ވިދާޅުވީ އެ މަނިކުފާނު ވަކާލާތު ކުރައްވާ ވޯޓިން ނިޒާމަކީ ޕްރިފެރެންޝަލް ވޯޓިން ނިޒާމެއް ކަމަށެވެ. މިދިޔަ ހަފްތާގައި މުލިއާގޭގައި ޕީއެންސީ މެންބަރުންނާއެކު ބޭއްވި ބައްދަލުވުމެއްގައި ގާނޫނުއަސާސީ އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތާއީދަށް ރައީސް މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވައިލުމާމެދު ފެންނަ ނުފެން ވޯޓެއް ނެގުމަށް ރައީސް މަސައްކަތްކުރައްވަމުން ގެންދަވާކަމުގެ އަޑުތައް ގަދަވެފައިވާ މިދުވަސްވަރު ރާއްޖޭގެ ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ބަޔަކު އަންނަނީ ހިޔާލުފާޅުކުރަމުންނެވެ. އެގޮތުން ރާއްޖޭގެ ސިޔާސީ ދާއިރާގައި ފާހަގަކޮށްލެވޭ ފުންނާބު އުސް ބައެއް ބޭފުޅުން މިކަމަށް ތާއިދުކުރަމުން އަންނައިރު، އިދިކޮޅު އެމްޑީޕީގެ ބައެއް އިސް ފަރާތްތަކުން އަންނަނީ މިކަމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ޕްރިފަރެންޝަން ވޯޓިން ނިޒާމެއްގައި ވޯޓު ދޭން ޖެހޭނީ ކުރިމަތިލާ ކެންޑިޑޭޓުން ގިންތިކޮށްގެންނެވެ.