ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް 2025 އަދި 2026 ވަނަ އަހަރު ޖުމްލަ 2130 މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ހުރިހާ މަސައްކަތް ގުޅިފައިވަނީ ވައުދު ފުއްދުމާއި އަދި ނަތީޖާ ނެރުމަށްކަމަށެވެ. މި ސަރުކާރަކީ ނަތީޖާ ނެރުމަށް އެކަނި ފޯކަސްކުރާ ސަރުކާރެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ހުރިހާ ޝައުގެއް ހުރީ ނަތީޖާ ނެރުމަށް ކަމަށެވެ.
ރާއްޖޭގެ ކުރިއެރުމާއި ތަރައްގީއަށްޓަކައި މިހާތަނަށް 2،129 ވަދުފުޅު ވެވަޑައިގެންފައިވާއިރު އެއީ:
ރައީސް ވިދާޅުވީ މި ވައުދުފުޅުތަކަކީ ރައީސް އޮފީހުގައި ވަރަށް ސިސްޓަމެޓިކް ގޮތެއްގައި ލިސްޓުކުރެވި، މޮނިޓާކުރެވޭ ވައުދުތަކެއް ކަމަށެވެ. އަދި ކޮންމެ މަގާމެއްގައި ހުރި މީހެއް ކަމުގައި ވިޔަސް އެ މީހަކު އައްޔަންކޮށްފައިވަނީ ވައުދުތައް ފުއްދުމުގެ މަސައްކަތް ކުރުމަށް ބޭނުންވާތީކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ ބޭކާރު ގޮތުގައި އައްޔަންކުރި މީހަކު، މިނިސްޓަރަކު، އަދި އެހެން މަގާމެއްގައި ހުރި ބޭފުޅަކުވެސް ނުހުންނާނެކަމަށެވެ.
ސަރުކާރުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަޝްރޫއުތަކަކީ: