English Edition
Dhivehi Edition
މަންދީ ޒުބައިރު

އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ)ގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ފުލުހުގައި އެދިފައި ނުވާނެ ކަމަށް ރައީސްގެ އާއިލާގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފިއެވެ.

އާޒިމާގެ ލޯ ފާމު، ރެހެންދި ޗެމްބާސް އިން ނެރުނު ބަޔާނެއްގައި ބުނީ ސާޖިދާގެ ފަރާތްޕުޅުން ޖިނާއީ އެއްވެސް މައްސަލައެއް ފުލުހަށް ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި ޖިނާއީ ދައުވާތަކެއް އުފުލުމުގެ ނިޔަތެއް ވެސް ނެތް ކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެ ބަޔާނުގައިވަނީ ފަސްޓްލޭޑީ ސާޖިދާގެ ފަރާތްޕުޅުން އެ ކަމުގައި އުފުލާފައިވަނީ ހަމައެކަނި މަދަނީ ދައުވާތަކެއް ކަމަށެވެ. އެ މައްސަލަތައް ހުށަހަޅާފައި ވަނީ ސިވިލް ކޯޓާއި ފެމިލީ ކޯޓަށްކަން ފާހަގަކޮށް މި ބަޔާނުގައި ވަނީ އެފަދަ ދޮގު ހަބަރުތައް ފެތުރުމުގެ ކުރިން ކަން ހިނގާފައިވާ ގޮތް ސާފު ކޮށް އޮޅުންފިލުވުމަށްފަހު މައުލޫމާތު ދައުރު ކުރުމަށް އެދިފައެވެ.

އެމްޑީޕީއިން ސިލްސިލާކޮށް މާލޭގެ މަގުތަކުގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން މަންދީ ވަނީ ރާއްޖޭގައި ވޭޕް މަނާ ކުރީ ރައީސްގެ ދަރިކަލުން ވޭޕް ބޭނުން ކުރާކަން އެނގިގެން އެކަން ހުއްޓުވުމަށް ކަމަށް ބުނެފައެވެ. މި ވާހަކައާއި ގުޅިގެން ސާޖިދާގެ ފަރާތްޕުޅުން ފެމިލީ ކޯޓަށާއި ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ ދަރިކަލުންނަށް ނިސްބަތްކޮށް ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން، އުމައިރުގެ ނަފްސަށާއި ފުރާނަ އަށް ނުރައްކާވާނެ ހާލަތެއް މެދުވެރިކޮށް، އުމައިރުގެ ކިޔެވުމަށާއި މުސްތަގުބަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ހާލަތެއް މެދުވެރިކޮށްފައިވާ ކަމަށެވެ.

ޓެގު