English Edition
Dhivehi Edition

ފެނަކައިގެ ސައިޓުތަކަށް ދޫކުރެވިފައިވާ ޕެޓީކޭޝް ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ މައްސަލައެއްގައި ދައުވާކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އަށް ފޮނުވައިފިއެވެ.

މި މައްސަލައިގައި ދައުވާކުރަނީ

1- ފެނަކަ ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ޑިރެކްޓާގެ މަގާމުގައި އޭރު ހުރި އަހްމަދު ސާތިޝް ސައީދު

2- ފެނަކަ ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ސީނިއާ އިންޖިނިއާގެ މަގާމުގައި އޭރު ހުރި މުހައްމަދު އާސިދު

3- ފެނަކަ ސުޕަވައިޒަރެއްގެ މަގާމުގައި އޭރު ހުރި ހުސައިން އާސިރު

އޭސީސީ އިން ބުނީ ފެނަކައިގެ އައްޑޫ ސިޓީ، ސ. ހިތަދޫ ސެންޓްރަލް ޕަވާ ސްޓޭޝަން ޕްރޮޖެކްޓުގެ ޕެޓީކޭޝް ފައިސާގެ ގޮތުގައި ފެނަކައިން ދޫކޮށްފައިވާ ފައިސާ، އެ ކުންފުނީގެ ޕެޓީ ކޭޝް ބެލެހެއްޓުމާ ބެހޭ ގަވާއިދާ ހިލާފަށް އަމިއްލަ ބޭނުންތަކަށް، ސާތިޝް އާއި، އާސިދު އަދި އާސިރު ބޭނުންކޮށްފައިވާކަން އެ ކޮމިޝަންގެ ތަހުގީގަށް ހާމަވެފައިވާ ކަމަށެވެ.

މި މައްސަލައިގައި އޭސީސީ އިން ދައުވާ ކޮށްދިނުމަށް އެދިފައިވަނީ ކުށެއްކުރަން އެދުމުގެ ކުށުގެ ދައުވާއާއި، ކުށެއްކުރަން ރޭވުމުގެ ކުށުގެ ދައުވާއާއި، ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާގެ އިތުރުން ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާއެވެ.

ޓެގު