English Edition
Dhivehi Edition
މަޑުލު ވަހީދު

ދިވެހިބަހާއި އަދަބިއްޔާތަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި މަޑުލު މުހައްމަދު ވަހީދު އަވަހާރަ ވެއްޖެއެވެ.

މުހައްމަދު ވަހީދު އަވަހާރަވީ ވަރަށް ގިނަ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށްފަހު، އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށެވެ.

މުހައްމަދު ވަހީދު އަކީ ގައުމީ ލިޔުންތެރިކަމުގެ ހިއްތަވަރުދިނުމުގެ އިނާމު 1985 ގައި އަދި ދިވެހި ނޫސްވެރިކަމުގެ ރަން ގަލުމުގެ އިނާމު 1993 ގައި ލިބިވަޑައިގެންފައެވެ. މަޑުލު ވަހީދަށް ވަނީ ދިވެހި އަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން 2019 ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައެވެ.