English Edition
Dhivehi Edition
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

މި ދުވަސްކޮޅަކީ ރަމަޟާން މަހު ޢުމްރާއަށް ދިޔަ އުމްރާވެރިން އެނބުރި އަންނަ ދުވަސްކޮޅަށް ވުމާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބާރު ބޮޑު ވާނެތީ ދުރާލާ އެއާޕޯޓަށް ދިއުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިލްތިމާސްކޮށްފި އެވެ.

އެމްއޭސީއެލްއިން ބުނީ މާދަމާ މެންދުރު އުމްރާއިން މީހުން އެނބުރި އަންނަން ފަށާނެ ކަމަށެވެ..

އެހެންކަމުން އޮޕަރޭޝަންތައް ފަސޭހަކަމާއެކު ކުރިއަށް ގެންދިއުމަށް، އެއާޕޯޓަށް ފުރަން ދާ މީހުން ވީހާވެސް އަވަހަށް ޗެކިން އަދި ސެކިއުރިޓީ ކްލިއަރެންސް ހެދުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އުމްރާ ފްލައިޓުތައް ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ 14:00އާއި 16:00އާ ދޭތެރޭގައެވެ.

މީގެ އިތުރުން ހޮނިހިރު ދުވަހުގެ 16:00 އާއި 18:00 އާ ދެމެދާއި، ހޯމަ ދުވަހުގެ 14:00 އާއި 16:30 އާ ދެމެދުގެ އިތުރުން އަންގާރަ ދުވަހެވެ.

އެމްއޭސީއެލުން ވަނީ ޓެކްސީތަކުން ވެސް އެ ގަޑިތަކުގައި އެއާޕޯޓުގެ ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށް އެއްބާރުލުން ދިނުމަށް އިލްތިމާސްކޮށްފަ އެވެ.

އުމްރާއިން މީހުން އަންނަ ދުވަސްތަކަކީ އާންމު ގޮތެއްގައި އެއާޕޯޓުގައި ބާރު ބޮޑުވާ ދުވަސްތަކެކެވެ. އުމްރާވެރިންގެ އާއިލާތަކުން އެ މީހުން ބަލައި ދިއުމާއި ޓެކްސީތައް ނުލިބި ކިޔުގައި ގިނައިރު ތިބެން ޖެހުންފަދަ ކަންކަން މީގެ ކުރިން ވެސް ހިނގަ އެވެ.