English Edition
Dhivehi Edition
ރައީސް މުއިއްޒު ރައްޔިތުންގެ މަޖިލިހަށް މިއަދު ރިޔާސީ ބަޔާން އިއްވަވަނީ.---ފޮޓޯ: މަޖިލިހުގެ އިދާރާ

ސިނގިރޭޓު މަނާކުރަންވީ އުމުރުފުރާއެއް ކަނޑައެޅުމަށް އާންމުންގެ ހިޔާލު ހޯދުމުގެ ގޮތުން އެކްސްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ޕޯލްއެއް ހުޅުއްވައިފިއެވެ.

މި ޕޯލްގައި ރައީސް ވަނީ މި ޖެނެރޭޝަނަލް ބޭން ފަށަން ފެންނަނީ ކޮން އުމުރުފުރާ އަކުންތޯ ސުވާލު ކުރައްވާ ރައްޔިތުންނަށް ފެންނަ ގޮތަކަށް ވޯޓު ދިނުމުގެ އިހުތިޔާރު ދެއްވާފައެވެ.

ރައްޔިތުންނާ އެކު’ ޕޮޑްކާސްޓް،ގެ ފުރަތަމަ އެޕިސޯޑުގައި ސިނގިރޭޓު މަނާކުރުމުގެ ވާހަކަ އިއުލާނުކުރައްވާފައިވަމުން ރައީސް ވަނީ ދުންފަތުގެ އިސްތިއުމާލުކުރަން ފެށުމުގެ ކުރިން އެކަން ހުއްޓުވިއްޖެނަމަ އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ވިދާޅުވެފައެވެ. އަދި ދުންފަތުގެ އިސްތިއުމާލުކުރަން ފެށިތާ ގިނަ ދުވަސް ނުވާ ކުދިން އެކަމުން ސަލާމަތްކުރަން ފަސޭހަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މިހާރު ވޭޕް މަނާކޮށްފައިވާކަން ފާހަގަކޮށް ރައީސް ވިދާޅުވީ ދެން އޮތް އަމާޒަކީ ސިނގިރޭޓާއި ދުންފަތުގެ އިސްތިއުމާލުކުރުމުން ޒުވާނުން ސަލާމާތްކުރުން ކަމަށެވެ. އަދި ބާރުއަޅަނީ އެކި އުމުރުފުރާގެ ފަރާތްތަކުން ވެސް ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް ކަމަށެވެ.