މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ ގައިދީއަކު މަރުވެއްޖެއެވެެ.
ކަރެކްޝަންސްއިން ބުނީ މަރުވެފައި ވަނީ ސ. މަރަދޫ / ފޯ ފްލާވާ އިބްރާހިމް ޝަމްވީލް (23އ) ކަމަށެވެ.
ކަރެކްޝަނުން ބުނީ މިއަދު ހަވީރު 4:20 ހާއިރު އިބްރާހިމް ޝަމްވީލްގެ ގޮޅީގައި ދަންޖެހިފައި ހުއްޓާ ފެނުމުން، އޭނާ ވަގުތުން މާފުށީ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ އަދި 4:55 އޭނާ ނިޔާވެފައިވާ ކަމަށް ޑޮކްޓަރާއި ހަވާލާދީ ކަރެކްސާނުން ވަނީ ބުނެފައެވެ.
އިތުރަށް ކަރެކްޝަނުން ބުނީ ޝަމްވީލް މަރުވުމާ ގުޅިގެން އެކަން ވަގުތުން މޯލްޑިވްސް ޕޮލިސް ސާވިސްއަށާއި އޭނާގެ އާއިލާއަށާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައިވާނެ ކަމަށެވެ.
ޝަމްވީލްއަކީ މީހެއްގެ ފުރާނައަށް ގެއްލުމެއް ދީފާނެކަމުގެ ބިރުދައްކާ އެފަދަކަމެއް ކޮށްފާނެ ކަމުގެ ކުށުގައި 1 އަހަރާއި 6 މަސް ދުވަހުގެ ހުކުމެއް ތަންފީޒުކުރަމުން ދިޔަ މީހެކެވެ.