English Edition
Dhivehi Edition

​އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން މި އަހަރުވެސް ތަފާތު ގިނަ އެކިވައްތަރުގެ މީރު ކެއުމާއި ބުއިން ތައްޔާރު ކުރާނެ ގޮތް މި ކޮލަމްގެ އެހީގައި އޭއޯ އިން ކޮންމެ ދުވަހަކުވެސް ގެނެސްދޭނެއެވެ.

އެގޮތުން ރޯދަ މަހުގެ ބާވީސް ވަނަ ދުވަހަށް ޚާއްޞަ ކޮށްގެން ރެސިޕީއެއްގެ ގޮތުގައި މި ގެނެސްދެނީ “ސޮސެޖް ރިހަ”ތައްޔާރު ކުރާނެގޮތެވެ.

ބޭނުންވާތަކެތި:

1 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް
800ގ ސޮސެޖް
1 ބޮޑުފިޔާ ކޮށާފައި
1 ބޮޑު ކެރެޓް ކޮށާފައި
2 ލޮނުމެދު ކޮށާފައި
1 މޭޒުމަތީސަމުސާ ހަވާދު (ކުކުޅު ނުވަތަ ބީފް)
2 މޭޒުމަތީ ސަމުސާ ޓޮމާޓޯ ސޯސް
2 ޖޯޑު ޗިކެން ސްޓޮކް
1 ޖޯޑު ފްރޯޒެން ބީންސް
ޕާސްލީ ފަތްކޮޅެއް

ތައްޔާރުކުރާނެގޮތް:

އެންމެފުރަތަމަ ތަވަޔަކަށް ތެޔޮފޮދެއް އަޅާފައި ސޮސެޖްތައް ރޯފިލުވާލާފައި ނަގާފައި ބަހައްޓާށެވެ. ދެން އެތަވަޔަށް އިތުރު އޮލިވް އޮއިލް ފޮދެއް އަޅާފައި ފިޔާ، ލޮނުމެދު އަދި ކެރެޓް އަޅާފައި މިތަކެތި މޯޅިވަންދެން ދޭފަތުން ހަލުވަމުން ގެންދާށެވެ. މޯޅިވީމާ ކަރީ އަދި ޓޮމާޓޯސޯސް އާޅާފައި އެއްކުރުމަށްފަހު ޗިކެންސްޓޮކް ކުޑަ ލޮނުލޮޅެއް އަޅާފައި ކެކިގަތީމަ ސޮސެޖްވެސް އަޅާފައި ބީންސް ވެސް އަޅާފައި ރަހަ އެއްވަރު ވަންދެން މަޑުގިނީގައި ކައްކަމުން ގެންދާށެވެ. ނިމުނީމަ އުނދުންމަތިން ތަވާބާލަމުން ޕާސްލީ ފަތް ކޮޅެއް މައްޗަށް ބުރުވާލާފައި The ސާރވް ކުރާށެވެ.