English Edition
Dhivehi Edition
އައްޑޫ އީދި ސަމާ 1444 ބައިބަލާ މުބާރާތް ފޮޓޯ: އެކްސްޕްރެސް ނިއުސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ މަތިން މާލޭގެ ޒުވާނުންނަށް ބައިބަލާ ކުޅޭ މައިދާނެއް މާލޭ އުސްފަސްގަނޑު ސަރަހައްދުގައި ހަދާފައިވާ ކަމަށް ސިޓީސް ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީން ބުނެފިއެވެ.

މިދިޔަ އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ޕަބްލިކް ވޯކްސް ޑިޕާޓްމަންޓުގެ މުވައްޒަފުން މި މަސައްކަތް ފަށާފައިވާއިރު މިހާރު އެ މައިދާނުގައި ކުޅެވޭ ވަރަށް މަސައްކަތް ނިމިފައިވާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ މިއީ މާފަންނު ސަހަރާގައި ބައިބަލައި ކުޅުމަށް ޒުވާނުންގެ ތެރޭން ބަޔަކު ތައްޔާރުވުމުން، ރައްޔިތުންގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުމަކާ ގުޅިގެން ކުރި މަސައްކަތެއް ކަމަށެވެ،

މާފަންނު ސަހަރާގައި ހުރި ގަބުރުތައް ނަގައި އެތަނުގައި ބައިބަލާ މައިދާނެއް ހަދަމުންދާ މައްސަލައެއް ފެންމަތިވެފައިވާއިރު މިކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.