English Edition
Dhivehi Edition

​އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން މި އަހަރުވެސް ތަފާތު ގިނަ އެކިވައްތަރުގެ މީރު ކެއުމާއި ބުއިން ތައްޔާރު ކުރާނެ ގޮތް މި ކޮލަމްގެ އެހީގައި އޭއޯ އިން ކޮންމެ ދުވަހަކުވެސް ގެނެސްދޭނެއެވެ.

އެގޮތުން ރޯދަ މަހުގެ އަށާރަވަނަ ދުވަހަށް ޚާއްޞަ ކޮށްގެން ރެސިޕީއެއްގެ ގޮތުގައި މި ގެނެސްދެނީ “ސޮސެޖް ޗީޒް ޕަފް”ތައްޔާރު ކުރާނެގޮތެވެ.

ބޭނުންވާތަކެތި؛

1 ޕައުންޑް ސޮސެޖް (ބަލްކް އިޓަލިއަން ސޮސެޖް)
3 ޖޯޑު ބިސްކޯދު މިގުރާފައި
4 ޖޯޑު ޗެޑަރ ޗީޒް ގާނާފައި
3/4 ޖޯޑު ފެން
މިކްސްޑް ހާބްސް
ވަރަށް ކުޑަ ލޮނުކޮޅެއް

ގްރައުންޑް ސޮސެޖް މުގުރާލާފައި ތަވަޔަކަށް ތެޔޮފޮދެއް އަޅާފައި ރޯފިލިވާލާށެވެ.
ތަށްޓެއް ނަގާފައި މުގުރާފައި ހުރި ސޮސެޖް،ބިސްކޯދު ކުނޑި، ޗީޒް، ފެން ލޮނާއި މިކްސްޑް ހާބްސް އެއްކޮށްފައި ރަނގަޅަށް މޮޑެލާށެވެ.
ދެން ރީތި ވަރަކަށް ގުޅަހަދާފައި ޓްރޭއެއްގައި އަތުރާފައި އަވަނުން ފިހެލާށެވެ.